ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ ފިރިހެނުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ ފިރިހެނުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ޔުތިޝް ރާޖް ރާޖަން އާއި 24 އަހަރުގެ އީޝްވަރުމުރިތީ ޝަންމުގަމް އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ދެމީހުން ހައްޔަރުކޮށްފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މި ދެމީހުން ފުލުހުންނާ ހަވާލުކުރީ، ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ހާމަކުރިއެވެ.

މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ ދެމީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު