ގްރޭޓާ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި ފުލެޓު، ސަރުކާރުގެ ބަދަލުގައި އާއިލާގެ މެންބަރަކަށް ދެވޭގޮތަށް ހަމަޖައްސައި، އެކަމާ ގުޅޭ އުސޫލު ހައުސިން މިނިސްޓްރީން ގެޒެޓުކޮށްފިއެވެ.
"ގްރޭޓާ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުން، ބޯހިޔާވަހިކަމުގެ އައު މަޝްރޫޢަކުން ގޯތި ލިބޭ ފަރާތަކަށް، އެ ގޯތި ހަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން ފަސް އަހަރު ދުވަހުގެ ތެރޭގައި، ކުރިން އޮތް ބިން އާއިލާގެ މެންބަރަކަށް ދޫކޮށްލުމުގެ ފުރުސަތު ލިބިގެންވެއެވެ.
މި އުސޫލުގެ ދަށުން ބިން ދޫކޮށްލެވޭނީ އެ ފަރާތުގެ އުފަން ދަރިއަކަށް، މަންމަ ނުވަތަ ބައްޕައަށް، އަނބިމީހާ ނުވަތަ ފިރިމީހާއަށް، ނުވަތަ އެއްބަނޑުއެއްބަފާ، އެއްބަފާ ނުވަތަ އެއްބަނޑު މީހަކަށެވެ. މިފަދަ މެންބަރަކު ނެތް ނަމަ، ބިން ދޫކޮށްލަންޖެހޭނީ ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށެވެ.
ގޯތި ލިބޭ ފަރާތަކީ އެކަކަށްވުރެ ގިނަ ބައެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއްގެ ހިއްސާދާރެއް ނަމަވެސް، އެ ފަރާތަށް ލިބިފައިވާ ބައި އާއިލާގެ މެންބަރަކަށް ދޫކޮށްލެވޭނެއެވެ. އަދި ތަރިކައިން ނުވަތަ ވަސިއްޔަތަކުން ލިބެން އޮންނަ ބިންތަކުގެ މައްސަލަ ކޯޓު މެދުވެރިކޮށް ނިންމުމަށްފަހު، އެ ބައިވެސް އުފަން ދަރިއަކަށް ނުވަތަ އެއްބަނޑުއެއްބަފާ މީހަކަށް ދޫކޮށްލެވޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، މާލޭގެ ހަނި ގޯޅިތަކުގައި ހުންނަ ބިންތަކާއި، ބިމުގެ ކުޑަކަމުން އިމާރާތްކުރަން ދަތިވާ ބިންތަކުގެ ބަދަލުގައި ގޯތި ހޯދާ ފަރާތްތަކުން، ކުރީގެ ބިން އެއްވެސް އަގަކާ ނުލައި ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށް ދޫކޮށްލަންޖެހޭނެއެވެ.
ފުލެޓުތަކާ ގުޅޭގޮތުން އުސޫލުގައި ބުނެފައިވަނީ، އައު މަޝްރޫޢަކުން ގޯތި ލިބޭ ފަރާތުން ކުރިން ލިބިފައިވާ އެއް ކޮޓަރީގެ ނުވަތަ ދެ ކޮޓަރީގެ ފުލެޓު ދޫކޮށްލަންޖެހޭނީ ސީދާ ދައުލަތަށް ކަމަށެވެ. މިގޮތަށް ދޫކޮށްލާ ފުލެޓަކީ، ތަނުގެ ހާލަތަށް އައިސްފައިވާ އެކަށޭނެ ބަދަލުތައް ފިޔަވައި، އެހެނިހެން ގެއްލުންތައް މަރާމާތުކޮށްފައިވާ، ދިރިއުޅެވޭ ފަދަ ފެންވަރެއްގައި ހުރި ތަނަކަށް ވާންޖެހޭނެއެވެ.
މި އުސޫލުގެ ދަށުން ބިމެއް ނުވަތަ ފުލެޓެއް ލިބޭ ފަރާތަކީ އަމިއްލަ ނަމުގައި 400 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ސަރުކާރުގެ އެހެން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި ދޫކޮށްލާ ތަނަކާ ގުޅިގެން މާލީ އެއްވެސް ޒިންމާއެއް ނުވަތަ ތިންވަނަ ފަރާތެއްގެ ދައުވާއެއް އޮތްނަމަ، އެކަމުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެތަން ދޫކޮށްލި ފަރާތުންނެވެ.
ހައުސިން މިނިސްޓްރީން ބަޔާންކޮށްފައިވާ ގޮތުގައި، މި އުސޫލާ ޚިލާފުވާ ފަރާތްތަކަށް ލިބިފައިވާ ގޯތި ނުވަތަ ފުލެޓު އަނބުރާ ދައުލަތަށް ނެގުމުގެ އިޚުތިޔާރު އެ މިނިސްޓްރީއަށް ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު