ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވީ ޓީބީ ނުވަތަ ކެއްސުން ބަލި ރާއްޖެއިން ނައްތާލުމަށްޓަކައި ހަރުދަނާ ސިއްހީ ނިޒާމެއްގެ ބޭނުންތެރިކަން ދެނެގަނެ، މި މަސައްކަތުގައި މުޅި މުޖުތަމައުގެ ބައިވެރިވުމުގެ މުހިއްމުކަން ފާހަގަކުރެވޭ ކަމަށެވެ.
އެމަނިކުފާނުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ބަލިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި ސިއްހީ ހިދުމަތްތެރިންނާއި މުޖުތަމައާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ.
ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 24 ވަނަ ދުވަސް ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މިއީ "މައިކްރޯބެކްޓީރިއަލް ޓިއުބަކިއުލޯސިސް" ކިޔާ ޖަރާސީމަކުން ފެތުރޭ، ގައިން ގަޔަށް އަރާ ބައްޔެކެވެ. ރާއްޖެއަކީ މި ބަލި ކޮންޓްރޯލްކުރުމުގައި ސަރަހައްދީ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ރާއްޖޭގައި 148 މީހަކަށް ޓީބީ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. ސަރުކާރުގެ އަމާޒަކީ ސިއްހީ ހޭލުންތެރިކަން އިތުރުކޮށް، ކުރިއަށް އޮތް ތަނުގައި ރާއްޖެއިން މި ބަލި އެއްކޮށް ނައްތާލުމެވެ.

ކިޔުންތެރިންގެ ހިޔާލު