ކޮންމެ ޙާލެއްގައިވެސް ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ޚުތުބާގައި ވަނީ، ކޮންމެ ހާލަތެއް މެދުވެރިވިނަމަވެސް އެ ހާލަތަކަށް ކެތްތެރިވާން ވާނެ ކަމާއި އަދި ސަބަބުތަކުގައި ހިފައި ހައްގު ގޮތުގައި ﷲ އަށް ވަކީލު ކުރަންވާނެ ކަމުގައިވެސް ބުނެފައެވެ.
އަދި ދިމާވާ މުސީބާތްތަކާއި ކާރިސާތަކުގައިވެސް މުއުމިނު އަޅުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ﷲ ތަޢާލާ އެއްކައުވަންތަކޮށް، އެކަލާނގެ ހަޒްރަތުން ވާތްގަށް އެދި ދެންނެވުންކަން އަދުގެ ހުކުރު ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.
އިސްލާމް ދީނުގެ އެންމެ މަތިވެރި އަސާސަކީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމާއި ހައްގު ގޮތުގައި އިހްލާސްތެރިކަމާއެކު، ޝިރުކުން އެއްކިބާވެ، އެކަމުން މުޅިން ބަރީއަވުންކަން ފާހަގަކޮށް އަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ އެއީ އެ މަގްސަދަކަށްޓަކައި އިންސާނުން ދުނިޔެއަށް ފޮނުވިގެންވާ މަގްސަދު ކަމަށެވެ.
“އަޅުގަނޑުމެން ކޮންމެ މީހަކީ، ގަދަ ކީރިތިވަންތަ ﷲ ތައާލާގެ އަޅަކީމެވެ. އަޅުގަނޑމެންނަށް ފެށުމެއް ވީފަދައިން، ނިމުމެއް އޮންނާނެއެވެ. އެ ނިމުމާ އަޅުގަނޑުމެންނާ ބައްދަލުވާނެއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދިރިހުރިހައި ހިނދަކު މިވަނީ، އަމަލުކުރުމުގެ ފުރުސަތު ލިބިފައިވާ ވެއްޓެއްގައެވެ." ޚުތުބާގައި ވެއެވެ.
އަދި ހަމަ އެފަދައިން އަހަރެމެން އެންމެން، މި ތިބެނީ މަރުގެ ތުންފަތް މަތީގައި ކަމާއި ދިރިހުރުމާއި މަރާ ދެމެދު، މި އޮތް ވަގުތުކޮޅުގެ ތެރޭގައި ބޭނުންހައި ގޮތަކަށް އުޅެގެން ނުވާނެ ކަމާއި ބޭނުންހައި މަގެއް ހިޔާރުކޮށްގެން ވެސް ނުމެ ވާނެ ކަމާއި އޭގެ ބަދަލުގައި ގަދައަޅައި މަސައްކަތް ކުރަން ޖެހޭނީ ﷲގެ ރުއްސެވުމާއި ފުއްސެވުން ހާސިލުކުރުމަށް ކަމުގައިވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
“މިއީ އިމްތިހާނުގެ ހަޔާތެއްކަން ދަނެ، އަމަލުތައް ސީދާ ކުރުމަށެވެ. އިބްތިގާދާއި، ބަހާއި، އަމަލުތައް ﷲ ތައާލާއަށް ހާލިސް ކުރުމަށެވެ. އަޅުގަނޑުމެން އަޅާ ކޮންމެ ފިޔަވަޅަކީ، ލާ ކޮންމެ ނޭވާއަކީ ﷲ ތަޢާލާ އެއްކަވުންތަ ކުރުން ރަމްޒުކޮށްދޭ އަމަލެއްކަމުގައި ހެދުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހެއެވެ. އޭރުން ސަލާމަތާއި ރައްކާތެރިކަން ލިބޭނެއެވެ. އަމަން އަމާންކަން ގާއިމްވާނެއެވެ. ސިލްމާއި ސަލާތްކަން އާންމުވާނެއެވެ. ސާދާ ސީދާ ދިރިއުޅުމަކަށް މުޖްތަމަޢު މިސްރާބު ޖަހާނެއެވެ. ވެރިންނާއި ރައްޔިތުންގެ މެދުގައި އިތުބާރު އުފެދޭނެއެވެ. އަނބިންނާއި ފިރިންގެ މެދުގައި އުލްފަތާއި ކުލުނު އުފެދޭނެއެވެ. އަދި މައިންބަފައިންނާއި ދަރިންގެ މެދުގައި ރަހުމާއި ލޯބި އުފެދި އެންމެން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކުމުގެ ކަމަރުން ބަނދެވިގެންދާނެއެވެ.” ހުކުރު ޚުތުބާގައި ވެއެވެ.
ހައްގު ގޮތުގައި ﷲ ތަޢާލާ އެއްކައުވަންތަ ކުރުމަކީ ނަރަކައިން މިންޖުވެ ސުވަރުގެ ހާސިލުވާނޭ ސަބަބުކަން ފާހަގަކޮށް ހުކުރު ޚުތުބާގައި ގޮވާލާފައިވަނީ ﷲ އަށް ތަޤުވާވެރިވުމަށެވެ. އެހެނީ ތަޤްވާވެރި ވުމަކީ ގިޔާމަތް ދުވަހަށްޓަކައި ރައްކާކުރެވޭ އެންމެ ހެޔޮ އަމަލުކަމުގައި ދަންނަންވާނެކަމުގައި ބުނެފައިވެއެވެ. ޝިރްކުގެ އެންމެހައި ކަންކަމުން ދުރުހެލިވުމަކީ ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އަމާންކަން ލިބުމުގެ ނާރެސް ކަމުގައިވެސް މިއަދުގެ ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު