ރާއްޖޭގެ ކޯޓުތަކުގައި މައްސަލަތައް ކުރިއަށްގެންދާ ގޮތް ހުރީ ދުނިޔޭގެ އެހެން ގައުމުތަކުގެ ސުޕްރީމް ކޯޓުތަކާއި ދުސްތޫރީ ކޯޓުތަކުގައި އަމަލުކުރާ އާންމު އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޑރ. އަހުމަދު މިހެން ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ބާތިލްވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ، އެ ކޯޓުގެ ރަޖިސްޓްރާ ބޭރުކޮށްލުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އަހުމަދު ވިދާޅުވީ، ކޯޓަކަށް ހުށަހެޅޭ މައްސަލައެއް ރަޖިސްޓްރާއަށް ބޭރުކޮށްލެވޭނީ ހަމައެކަނި އެ މައްސަލައެއްގައި ފުރިހަމަވާންޖެހޭ އިޖުރާއީ ކަންކަން ނުވަތަ ފޯމަލިޓީސް ފުރިހަމަނުވާ ނަމަ ކަމަށެވެ. ނުވަތަ އެ މައްސަލައަކީ ކޯޓަށް ބެލުމުގެ އިޚްތިޞާޞް ނެތް މައްސަލައެއްކަން ސާފުކޮށް އެނގެން އޮތް ހާލަތްތަކުގައި އެކަނި ކަމަށް ޑރ. އަޙްމަދު ފާހަގަކުރެއްވިއެވެ. ނަމަވެސް މައްސަލައިގެ މައުޟޫޢީ ކަންކަމަށް ރިއާޔަތްކޮށް ގޮތެއް ނިންމުމަކީ ހަމައެކަނި ފަނޑިޔާރުންނަށް އޮންނަ ބާރެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ވެސް ޑރ. އަހުމަދު ވަނީ ގާނޫނީ ބަހުސެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ބިލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، 263 ވަނަ މާއްދާއާއި 264 ވަނަ މާއްދާގައި ބަޔާންވެގެންވާ އުސޫލުތައް ހިނގާނެ ބިލެއް ކަމަށެވެ. އާންމު ގޮތެއްގައި ބިލެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާތާ 15 ދުވަސް ތެރޭގައި ގޮތެއް ނުނިންމަވައިފި ނަމަ އެ ބިލެއް ތަސްދީގުވީ ކަމަށް ބެލެވުނު ނަމަވެސް، މި ހާލަތުގައި އެ އުސޫލު ނުހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަބަބެއްގެ ގޮތުގައި ޑރ. އަހުމަދު ފާހަގަކުރެއްވީ، 15 ދުވަހުގެ މުއްދަތު ފާއިތުވެގެން ދިޔައީ ޣައިރު ދުސްތޫރީ އިޖުރާއާތެއްގެ ދަށުން އެ ބިލާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުގެ ސަބަބުން ކަމަށްވާތީއެވެ. އެހެންކަމުން، އެ ބިލަކީ މިހާރު ދުސްތޫރީ ގޮތުން ބާތިލް ބިލެއް ކަމަށް ބަލަންޖެހޭ ކަމަށާއި، މިއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. އަހުމަދު ވަނީ ކޯޓުތަކުގެ އިޖުރާއާތުތައް ރަނގަޅު ގޮތުގައި ހިފެހެއްޓުމަކީ އަދުލު އިންސާފުގެ ނިޒާމަށް ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަ ކުރަށްވާފައެވެ.
ޑރ. އަޙްމަދު މިހެން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުގައި ވަނީ، ބިލަކާމެދު ގޮތެއް ނިންމަން ގާނޫނުއަސާސީން ދީފައިވާ 15 ދުވަހުގެ މުހުލަތަކީ ރައީސުލްޖުމްހޫރިއްޔާ ބިލެއް ތަސްދީގު ނުކުރައްވަން ނިންމަވާ ހާލަތްތަކުގައި އަމަލުކުރަންޖެހޭ މުއްދަތެއް ކަމަށެވެ. އަދި މި ބިލަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން މެނުވީ ތަސްދީގު ނުކުރެވޭނެ ބިލަކަށް ވާތީ، 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ނުޖެހޭނެ ކަމަށް ރަޖިސްޓްރާ ކަނޑައެޅުއްވިއެވެ.
އޭގެއިތުރުން ރައީސް މުއިއްޒު ނެރުއްވި ގަރާރަކުން، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު މި ރެފަރެންޑަމް ވޯޓު ނެގުމަށް ވަނީ ތާވަލުކޮށްފައެވެ. އަލީ ޙުސައިންގެ މައްސަލަ ބޭރުކޮށްލި ނަމަވެސް މި ގަރާރުގައި ހިމެނޭ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދެ ވަކީލަކު ހުށަހެޅި މައްސަލައެއް ސުޕްރީމް ކޯޓުން ބަލައިގަނެ، އެ މައްސަލައިގެ އަޑުއެހުންތައް މިހާރުވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު