ހެލްްްތު މިނިސްޓަރ ޢަބްދުﷲ އަމީން
ހެލްްްތު މިނިސްޓަރ ޢަބްދުﷲ އަމީން
އެންމެ މީހަކު ސިއްރުކުރާ މަޢުލޫމާތެއްގެ ސަބަބުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން ހިނގައިދާނެ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ އެމީހެއްގެ ގައިގައި ކޯވިޑް-19 ގެ އަލާމާތެއް ހުރި ނަމަވެސް 14 ދުވަހަށް ކަރަންޓީނުގައި ތިބެންޖެހިދާނެ ކަމަށްޓަކައި އެ މައުލޫމާތު ސިއްރު ކޮށްފިކަމަށްވާނަމަ އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުން ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އެހެންކަމުން މައުލޫމާތު ސިއްރުނުކޮށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވް ކޭސްތަކެއް ނުފެންނަތާ ދުވަސްކޮޅެއްވުމަކީ ނުވަތަ ޝައްކުކުރެވޭ މީހުންގެ އަދަދު މަދުވުމަކީ ކަން ފަސޭހަކޮށްލަންވީ ވަގުތު ނޫން ކަމަށާއި، އަދިވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށާއި، މި މަސައްކަތުގައި އާންމުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާ ކަމުގައި މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ބައެއް ފިޔަވަޅު ތަކަށް ލުއި ދިނުމަކީ ފަރުވާ ކުޑަކުރަންވީ ކަމެއް ނޫންކަމުގައި ކަމާބެހޭ ޑޮކްޓަރުންވެސް ވަނީ ލަފާ ދެއްވާފައެވެ. އަދި ފަރުވާ ކުޑަ ނުކޮށް އިޖުތިމާޢީ ގައިދުރުކަން އިހުތިޔާރު ކުރުމާއި ބޭކާރު ގޮތުގައި ގެއިން ބޭރަށް ނުކުމެ ނޫޅުމަށްވެސް ޞިއްޙީ މާހިރުން ލަފާ ދެއްވައެވެ.

މާލެ ސަރަހައްދުގައި އިޢުާލާން ކުރި ތިން ގަޑިއިރުގެ ކާފިއު އުވާލި ނަމަވެސް ތިން މީހުންނަށް ވުރެ ގިނަ މީހުން އެކުގައި އެއްވެ އުޅުން މަނާކޮށްފައި އޮތް އޮތުން އަދި ވެސް ދެމިއޮންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން