ސަރުކާރު ކުންފުންޏަކުން ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއް ދިން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު ދޮގުކޮށްފިއެވެ.
ދާދިފަހުން ރާއްޖޭގެ ބައެއް މީޑިއާތަކުގައި ދައުރުވެފައިވާ ޚަބަރެއްގައި ބުނެފައިވަނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމީ ތަރި ނިއުމާއަށް ސަރުކާރު ކުންފުންޏަކުން 40،000 ރުފިޔާގެ މުސާރައެއް ލިބޭ ވަޒީފާއެއް ދީފައިވާ ކަމަށެވެ. އެކަމާގުޅިގެން ޢާއްމުންގެ ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި އޭނާއަށް ފާޑުކިޔަމުންނެވެ.
ޢާއްމުންގެ ފާޑުކިޔުންތަކަށް ރައްދުދެމުން ނިއުމާ އޭނާގެ ފޭސްބުކްގައި ބުނީ، ޙަގީގަތް ބެލުމެއް ނެތި މީހުން އޭނާ "ރޮލާ ކާލައިފި" ކަމަށެވެ. އަދި އޭނާއަށް 40،000 ރުފިޔާ ލިބޭ ވަޒީފާއެއް ނުދޭ ކަމަށާއި، އެވަރުގެ މުސާރައެއް ދީފައި ގޭގައި ބަހައްޓާނެ ނަމައޭ ހިތަށް އަރާ ކަމަށް ވެސް ނިއުމާ ބުންޏެވެ.
ނިއުމާ ބުނީ މީސްމީޑީއާގައި އޭނާގެ ފޯނު ނަމްބަރު ޢާއްމު ކުރުމާގުޅިގެން މިހާތަނަށް 1،500 އަށް ވުރެ ގިނަ ފޯނު ކޯލާއި 400 އަށް ވުރެ ގިނަ މެސެޖު ލިބިފައިވާ ކަމަށެވެ. މި އުނދަގޫތައް ބޮޑުވެގެން އެންމެ ފަހުން އޭނާގެ ފޯނު ނަންބަރުގެ ހިދުމަތް ވެސް މިހާރު ކަނޑާލާފައިވާ ކަމަށް ނިއުމާ ވަނީ ބުނެފައެވެ.
ނިއުމާ އަށް ވަޒީފާއެއް ދީފައިވާ ކަމުގެ އަޑު ގަދަވެފައިވާއިރު، މީގެ ކުރިން ނިއުމާ ވަނީ ވެމްކޯގެ އިދާރީ ވަޒީފާއެއް އަދާކޮށްފައެވެ. ނަމަވެސް އެ ވަޒީފާގައި އޭނާ ހޭދަކޮށްފައިވަނީ އަހަރެއްހާ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު