ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެ އިންތިޚާބާއި ގުޅޭ ރެފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓެއް ބާއްވަވަން އުޅުއްވަނީ ރައްޔިތުންގެ ކުރިމަތީގައި ބޮޑުތަނުން ބަލިވެ ފަޟީޙަތްވާން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ނިޔާޒް މިރޭ ވިދާޅުވެއްޖެއެވެ.
ތިނަދޫ ސިޓީގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު ނިޔާޒް ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޕީޖީ ލީޑަރާއި ޕީޖީ ޓީމުތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ދަތުރުތަކުން ނަތީޖާ ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އަދި ސަރުކާރުން ކައުންސިލްތައް ސަސްޕެންޑް ކުރި ނަމަވެސް، އަދި މަކަރާއި އޮޅުވާލުމުގެ ތެރެއިން ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ބާރުތައް ޖަހައިގަންނަން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނިޔާޒް ވިދާޅުވީ ރައީސް މުޢިއްޒުގެ ވެރިކަމަށް ދެ އަހަރާއި ބައިވާ ދަނޑިވަޅުގައި ބާއްވާ މި "މިޑްޓާމް" އިލެކްޝަނުގައި ރައްޔިތުން ތިބީ އެއްއަޑަކުން ބޮޑު "ނޫނެކޭ" ބުނަން ތައްޔާރަށް ކަމަށެވެ. އެއީ ތިނަދޫ ސިޓީ ކަމަށް ވިޔަސް، ފުވައްމުލަކު ސިޓީ ކަމަށް ވިޔަސް، އައްޑޫ ސިޓީ ކަމަށް ވިޔަސް، އަދި ރާއްޖޭގެ އެންމެ އުތުރުގެ ތުރާކުނުން ފެށިގެން ހުރިހާ ރަށަކުން ވެސް އިވެނީ އެއް އަޑެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ނޫނެކޭ މި ބުނަނީ ހަމައެކަނި ލާމަރުކަޒީ ސިޔާސަތަކަށް ނޫން. އެމަނިކުފާނުގެ (ރައީސް މުޢިއްޒުގެ) އެއްވެސް ސިޔާސަތަކަށް ރައްޔިތުން ތާއީދެއް ނުކުރޭ. މިފަހަރު ސަރުކާރަށް ވަރަށް ބޮޑު ލަނޑެއް ލިބޭނެ،" ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު އަމިއްލަފުޅަށް މިފަހަރު އުޅުއްވަނީ ރައްޔިތުންގެ ކުރިމަތީގައި ފަޟީޙަތްވާން ކަމަށާއި، މިކަމުން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ ރެފަރެންޑަމް ވޯޓާއި ގުޅިގެން ސްޕްރީމް ކޯޓުގައި މެދުވެރިކޮށް އެ މައްސަލަ ހުއްޓުވުން ކަމަށެވެ. އިންސާފުވެރި އިންތިޚާބެއް ބާއްވައިފި ނަމަ، ޑރ. މުޢިއްޒަށް ކާމިޔާބު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.
މި ޖަލްސާގައި ނިޔާޒް ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި، ފެންނަ ނުފެންނަ ވޯޓުގައި ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތަކުން ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުން "ނޫނެކޭ" ބުނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު