ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތަކީ، އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ ބަދަލުގައި ދެ އިންތިހާބު އެކީގައި "ވަގަށް ނެގުމަށް" ހިންގާ ނުރައްކާތެރި ރޭވުމެއް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވަނީ ތުހުމަތު ކުރައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވަނީ، ސަރުކާރުގެ މި ނިންމުމަކީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މަލީހު ވިދާޅުވި ގޮތުގައި، ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ވަކާލާތު ކުރަމުންދަނީ ސަރުކާރުގެ ތެރެއިން ނާޖާއިޒު ފައިދާ ހޯދުމުގެ ދަހިވެތިކަމުގައި ތިބި މަދު ބައެކެވެ. މިފަދަ ފަރާތްތަކަކީ އަމިއްލަ މަންފާއަށްޓަކައި ގައުމުގެ މަސްލަހަތު ގުރުބާން ކުރަމުންދާ ބައެއް ކަމަށާއި، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ދަނޑިވަޅެއްގައި އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދާއިރުވެސް، ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް މަލީހު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް، ޑޮލަރުގެ ރޭޓް ކޮންޓްރޯލް ނުކުރެވުމާއި، ގައުމުގެ އަރަނި އިތުރު ނުވުމުގެ އިތުރުން، ކޮރަޕްޝަން އިންތިހާއަށް އިތުރުވެ ސަރުކާރުގެ ހިންގުން ބޮއްސުންލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހުރިހާ ނުކުޅެދުންތަކެއް ފޮރުވުމަށްޓަކައި، "އިންތިހާބު ވަގަށް ނެގުމުގެ" ފުރުސަތު ރައީސް މުއިއްޒަށް ނުދިނުމަށް މަލީހު ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު