މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުށުގެ ވެށިން ހޯދާ ފައިސާ ބެލެހެއްޓުމުގައި އެއްވެސް ކަހަލަ އުސޫލެއް ނެތްކަމަށް އެއިދާރާގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދާދިފަހުން ނެރެފައިވާ ފުލުހުންގެ 2018، 2019 އަދި 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތި ޗެކްކުރިއިރު، ކުށުގެ ވެށިން ނަގާ ފައިސާ ވަކި ތިޖޫރީއެއްގައި ބަލަހައްޓަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ތިޖޫރީގައި ބަހައްޓާފައިވާ ފައިސާގެ ތެރޭގައި އެތައް އަހަރެއްގެ ކުރީގެ ކޭސްތަކާ ގުޅިގެން ނަގާފައިވާ ފައިސާ ހިމެނޭކަން އޮޑިޓުން ވަނީ ހާމަވެފައެވެ. އަދި މި ފައިސާގެ ތެރެއިން ބައެއް ފައިސާ، ގިނަދުވަސްވުމުގެ ސަބަބުން ވީދި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަންވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކުށުގެ ވެށިން ފައިސާއާ ހަވާލުވުމާއި، ފައިސާ އަތުލާފައިވާ ފަރާތަށް އަނބުރާ ދޭންޖެހޭ ހާލަތުގައި އެ ފައިސާ ހަވާލު ކުރުމާއި، އަދި ދައުލަތަށް ނަގަންޖެހޭ ފައިސާ ނެގުމަށް ތިޖޫރީއަށް ވެއްދުމާއި ދޫކުރުމުގައި އަމަލުކުރާނޭ ވަކި އުސޫލެއް ކަނޑައެޅިފައި ނުވާކަމަށެވެ. މިގޮތަށް ގިނަ އަދަދެއްގެ ފައިސާ ބަލަހައްޓަމުންދާއިރު، ހަރުދަނާ އުސޫލެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހާ ހަމަޔަށް ފުލުހުންގެ ބެލުމުގެ ދަށުގައި 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުއްޓެވެ.
މި މައްސަލައާ ގުޅިގެން އޮޑިޓަރ ޖެނެރަލް ވަނީ، ކުށުގެ ވެށިން ނެގޭ ފައިސާ ތިޖޫރީގައި ބެލެހެއްޓުމާއި، އެ ފައިސާ އަމާނާތްތެރިކަމާއެކު ދޫކުރަންޖެހޭ ފަރާތްތަކަށް ދޫކުރުމުގައި އަމަލުކުރާނޭ ވަކި އުސޫލެއް އަވަސް ފުރުސަތެއްގައި ކަނޑައެޅުމަށް ފުލުހުންގެ މުއައްސަސާއަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު