މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބ. އޭދަފުށިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށި، ރާސްތާ، އިރުހާޞް އިބްރާހީމް (35އ) އެވެ. ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުން އޭދަފުށި މަގުމަތި ޕެޓްރޯލު ކުރުމުގެ ތެރޭގައެވެ.
ފުލުހުން ބުނި ގޮތުގައި، މަގުމަތިން އޭނާ ހުއްޓުވަން އުޅުމުން މަޑުނުކޮށް ފިލަން މަސައްކަތް ކުރުމުން، ފުލުހުން ވަނީ އޭނާގެ ފަހަތުން ގޮސް ހުއްޓުވާފައެވެ. އޭނާ ހައްޔަރުކުރުމަށްފަހު، އޭނާ ކުރިން ހުރި ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އިރުހާޞް އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު