ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. މި މަހުގެ 4 ވަނަ ދުވަހު އަތުލައިގަނެވުނު މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 2640 ގްރާމް ހުރި ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި، އަތުލައިގަނެވުނު ތަކެތި ތަޙުލީލު ކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ސިންތެޓިކް ކެތިނޯން" އެވެ.
މި ތަކެތީގެ މަގުމަތީ އަގު 3.9 މިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރިއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ތަޙުޤީޤު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއާ ޙަވާލުކުރެވިފައި ވާކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް ފުލުހުންގެ ހިދުމަތުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު