ދިވެހިރާއްޖެއަށް ލިބިފައިވާ ޑިމޮކްރެޓިކް މިނިވަންކަމަކީ އަބަދަށް ދެމިއޮންނާނެ އެއްޗެއް ކަމަށް ބަލައި، ހަމަޖެހިލައިގެން ތިބުމަކީ ހެދޭ ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ހުންނަ އެމްޑީޕީގެ ޖަގަހައެއްގެ ކައިރީގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ގައުމުގެ ހާލަތު ވަރަށް އަވަހަށް، ހަމަ މާދަމާ ވެސް ހުދުމުހުތާރު ކަމަކަށް ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން، އިސްލާހީ މަސައްކަތްތަކަކީ ހުއްޓާލައިގެން ތިބެވޭނެ ކަންކަން ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާރު އުމުރުފުޅުން 60 އަހަރާ ގާތްވަމުންދާއިރު، ސިޔާސީ މަސައްކަތްތަކާ ދުރުގައި ހުންނެވުމަށް ބައެއް ފަހަރު ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށް ނަޝީދު އިއުތިރާފުވެވަޑައިގަތެވެ.
ނަމަވެސް، ގައުމުގެ ހަމަޖެހުމަށްޓަކައި އަބަދުވެސް މަސައްކަތުގައި ދެމިހުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ކުރިން ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވަމުން، ދެން ބޭނުންވަނީ އާ ޖީލަކަށް ފުރުސަތު ދީ، އެ ބޭފުޅުންގެ ފަހަތުގައި އެހީތެރިއެއްގެ ގޮތުގައި ހުންނެވުމަށް ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި، ގާނޫނު އަސާސީއަށް ގެންނަ އިސްލާހާ ގުޅޭ ފެންނަ ނުފެންނަ ވޯޓުގެ ކެމްޕެއިނަށެވެ. އެމަނިކުފާނަކީ މިހާރު ތިމާވެށީގެ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެއް ކަމުން، އާންމުކޮށް ދިރިއުޅުއްވަނީ އެފްރިކާގެ ގާނާގައެވެ.

ކިޔުންތެރިންގެ ހިޔާލު