ދިވެހިރާއްޖެއަށް ލިބިފައިވާ ޑިމޮކްރެޓިކް މިނިވަންކަމަކީ އަބަދަށް ދެމިއޮންނާނެ އެއްޗެއް ކަމަށް ބަލައި، ހަމަޖެހިލައިގެން ތިބުމަކީ ހެދޭ ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު އައްޑޫ ސިޓީގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ގައުމުގެ ހާލަތު ވަރަށް އަވަހަށް، ހަމަ މާދަމާ ވެސް ހުދުމުހުތާރު ކަމަކަށް ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
އެހެންކަމުން، އިސްލާހީ މަސައްކަތްތަކަކީ ހުއްޓާލައިގެން ތިބެވޭނެ ކަންކަން ނޫން ކަމަށާއި، މިނިވަންކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ގައުމަށް ޑިމޮކްރަސީ ގެނައުމަށް ކުރި ބުރަ މަސައްކަތަށްފަހު، މިހާރު އެންމެ މުހިންމު ކަމަކީ އެ މިނިވަންކަން ދެމެހެއްޓުމަށް އާ ބަޔަކު ނުކުތުމެވެ. އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސުން އަބަދު އިންތިހާބުތަކަށް ކުރިމަތިލުމުގެ ބަދަލުގައި، އާ ފިކުރުތަކަށް މަގުދައްކައިދޭން ޖެހޭ ކަމަށެވެ.
މިހާރު ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދު، އުމުރުގެ މި މަރުހަލާގައި ބޮޑަށް ބޭނުންފުޅުވަނީ އެހެން މީހުންނަށް މަގު ދައްކައިދީ، ގައުމުގެ ޑިމޮކްރެޓިކް ރޫހު ދެމެހެއްޓުމުގައި އެހީތެރިވެދެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު