ސްކޭމް ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ފުލުހުން ތިން މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހދ. ހޯޑެއްދޫ، ފެހިވިނަމާގެ، އަޒުހީމް ސައީދު (36އ)، ފުވައްމުލަކު ސިޓީ، ދޫޑިގަން، ގޯލްޑަންގޭޓް، އަލީ ޝަފާޒު (31އ)، އަދި ސ. ހިތަދޫ، ކުޅިބަލާގެ، މުހައްމަދު ޖުނައިދު (47އ) އެވެ.
ފުލުހުން ބުނީ، މި ތިން މީހުންގެ ތެރެއިން އަޒުހީމް ސައީދަކީ ސޯޝަލް މީޑިއާ އެކައުންޓެއް ހެކުކޮށް، އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން އެކައުންޓެއް ހަދައިގެން މީހެއްގެ އަތުން 3،500 ރުފިޔާ ހޯދާފައިވާ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރޗް މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަންނަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، އަލީ ޝަފާޒު ހައްޔަރުކޮށްފައިވަނީ ވެސް ސޯޝަލް މީޑިއާ ހެކްކޮށްގެން މީހެއްގެ އަތުން މަކަރާއި ހީލަތުން 4،500 ރުފިޔާ ހޯދި މައްސަލައެއްގައެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު އަންނަ މަހުގެ 12 ވަނަ ދުވަހަށް ހަމަވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ތިންވަނަ މީހާ ކަމަށްވާ މުހައްމަދު ޖުނައިދު ހައްޔަރުކޮށްފައިވަނީ ޑޮލަރު ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން 29،987 ރުފިޔާ ހޯދި މައްސަލައިގައެވެ. މި މައްސަލައިގައި މި މަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާއިރު، ކޯޓުން ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި ތިން މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ފަހަކަށް އައިސް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ މިފަދަ ސްކޭމްތައް އިތުރުވަމުންދާތީ، އާންމުން މިކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު