ބާޒާރުގައި 10 ރުފިޔާގެ ނޫޓު ހުރި މިންވަރު މަދުވުމާއި، ބައުވެ ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށް "ރަންދިހަފަހެއް" ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގެނެސްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަހަރުގެ ފެބްރުވަރީ 17 ގައި ވަނީ، ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ "ރަންދިހަ ފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާ އާއި، 100 ރުފިޔާގެ އައު ނޫޓު ވެސް ބާޒާރަށް ނެރެ ދައުރުކުރަން ފަށައިފައެވެ. އަދި އެމްއެމްއޭ އިން މިއަދު ބުނީ، 10 ރުފިޔާގެ އައު ނޫޓުތައް އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިގްތިޞާދުގެ ތެރެއަށް ދޫކޮށް، އާންމުކޮށް ދައުރުވާ ފައިސާގެ ތެރޭގައި ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.
10 ރުފިޔާގެ ނޫޓަކީ ކުދި މުއާމަލާތްތަކުގައާއި ބާކީ ފައިސާ މާރުކުރުމުގައި އާންމުކޮށް ވަރަށް ގިނައިން ބޭނުންކުރާ ނޫޓެއް ކަމަށާއި، މީގެ ސަބަބުން ނޫޓު ބައުވެ ހަލާކުވާ މިންވަރު އިތުރުވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އަދި ބޮޑެތި އަދަދުތަކުގެ މުއާމަލާތްތަކުގައި މި ނޫޓު ބޭނުންކުރުން މަދުވުމުގެ ސަބަބުން، ބޭންކުތަކަށް ފައިސާ ޖަމާކުރާއިރު 10 ރުފިޔާގެ ނޫޓު ލިބޭ މިންވަރު ނިސްބަތުން މަދު ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
"ރަންދިހަފަހެއް" ސީރީޒް ބޭނުންކުރާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވުމާއެކު، ބާނޫޓުގެ ގޮތުގައި ލިބޭ 10 ރުފިޔާގެ ނޫޓު އިތުރުވެފައިވާކަންވެސް އެމްއެމްއޭއިން ފާހަގަކުރެއެވެ. މިއީ "ރަންދިހަފަހެއް" ސީރީޒްގައި 10 ރުފިޔާގެ ނޫޓު ޗާޕުކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން 2015 ވަނަ އަހަރު ގަވަރުނަރު އަޒީމާ އާދަމްގެ ސޮޔާއެކު އަދި 2018 ވަނަ އަހަރު ގަވަރުނަރު އަހްމަދު ނަސީރުގެ ސޮޔާއެކު މި ނޫޓު ވަނީ ޗާޕުކޮށްފައެވެ.
އަލަށް ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއިކޮށްފައި ވަނީ މިހާރުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި ނޫޓުގައި ވަނީ 31 ޖުލައި 2025 ގެ ތާރީޚެވެ. މި ފަހަރުގެ ޗާޕުގެ ހާއްސަ ސިފައަކީ ނޫޓުގެ ދެފުށުގައިވެސް "ދިވެހި ރުފިޔާ" ގެ ނިޝާން ހިމަނާފައިވުމެވެ. އެގޮތުން ނޫޓުގެ ކުރިމަތީގެ ވައަތްފަރާތުން މަތީގައި އަދި ފަހަތުގެ ކަނާއަތްފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު މި ނިޝާން ފެންނަން ހުންނާނެއެވެ.
މި އައު ނޫޓުތަކާ އެކު، މިހާރުވެސް ބޭނުންކުރަމުންދާ 10 ރުފިޔާގެ ނޫޓުތައްވެސް ސައްހަ ފައިސާގެ ގޮތުގައި ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެމްއެމްއޭއިން ބުނީ، މިއީ އިގްތިޞާދުގައި ފައިސާއަށް އޮންނަ ޑިމާންޑަށް ފައިސާ ފޯރުކޮށްދިނުމަށާއި، ދައުރުވާ ނޫޓުތަކަކީ ފެންވަރު ރަނގަޅު ނޫޓުތަކެއްކަން ކަށަވަރު ކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
"ރަންދިހަ ފަހެއް" ނޫޓު ސީރީޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް މުނާސަބަތުގައި ނޮވެމްބަރު 1، 2015 ގައި ތައާރަފުކުރި ސީރީޒެކެވެ. މި ސީރީޒްގެ ނޫޓުތައް އާންމުކޮށް ބޭނުންކުރަން ފެށީ ޖެނުއަރީ 26، 2016 ގައެވެ. މި ނޫޓުތަކަކީ ޕޮލިމަރ ކަރުދާހުގައި، ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު ތައްޔާރުކޮށްފައިވާ ނޫޓުތަކެކެވެ.
މި ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1,000 ރުފިޔާގެ ނޫޓެވެ. "ދިވެހިންނާއި ދިވެހިރާއްޖެ" މި މައުޟޫއަށް ފަރުމާކޮށްފައިވާ މި ނޫޓުތަކުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސަގާފަތާއި، ދިވެހިންގެ މަސައްކަތްތެރިކަން ފެނިގެންދެއެވެ.
ޚާއްޞަކޮށް، ފެހުރިހީގެ ފަރުމާ ހިމެނޭ 1,000 ރުފިޔާގެ ނޫޓަކީ އޭގެ ހިތްގައިމު ފަރުމާގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައިވެސް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ނޫޓެކެވެ.

ކިޔުންތެރިންގެ ހިޔާލު