ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ 8 ވަނަ އިޞްލާޙަކީ ވަރަށް ބޮޑެތި އުނިކަންތައްތަކެއް ހުރި އިޞްލާޙެއް ކަމަށް ފެހިޤާނޫނު އަސާސީގެ ދަށުން ދަޢުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު އެންމެ ފުރަތަމަ އަދާކުރެއްވި އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަދައްކަވަމުން، މިހާރުގެ ޤާނޫނުއަސާސީ އެކުލަވައިލި ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި މުޢިއްޒު ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ފެންނަނުފެންނަ ވޯޓުގައި މި އިޞްލާޙަށް ތާއީދުކޮށް ވޯޓު ދެވޭނީ މި ބިލާ ގުޅޭގޮތުން އުފެދިފައިވާ ގިނަ ސުވާލުތަކަކަށް ޖަވާބު ލިބިގެން ކަމަށެވެ.
މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ އިޖުރާއަތްތައް ފަދަ ދުސްތޫރީ އަސާސީ ކަންކަމުގައި ސާފުކަން ހުންނަންޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި މަޖިލިސް މެންބަރުން އިންތިޚާބުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ބަހުސްކުރެވެމުންދާ މިދަނޑިވަޅުގައި، ގިނަ މައްސަލަތަކެއް ހައްލުނުވެ ހުއްޓައި ވަކި މާއްދާތަކަކަށް ވޯޓު ދިނުމަކީ ދަތި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި އިޞްލާޙު ފަރުމާކޮށްފައިވާ ގޮތުންވެސް ބޮޑެތި އުނިކަންތައްތަކެއް ފާހަގަވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން އޭނާ ވިދާޅުވީ، މަޖިލީހުގެ ދައުރަކީ 5 އަހަރު ކަމަށް ބިލުގައި ބުނެފައިވީ ނަމަވެސް، އިންތިޚާބުތައް އެއްކޮށްލުމުން މިހާރު ތިއްބެވި މެންބަރުންގެ ދައުރު ކުރުވެގެންދާނެ ކަމަށެވެ.
އަދި ޤާނޫނުއަސާސީގައި ބުނެފައިވަނީ ދައުރު ގުނަން ފަށާނީ ހުވާކުރާ ދުވަހުން ފެށިގެން ކަމަށްވާއިރު، އައު އިންތިޒާމުގެ ދަށުން ދައުރު ފެށޭނީ ޑިސެމްބަރު މަހު ކަމަށާއި، މި ބަދަލުގެ ސަބަބުން މިހާރު ތިއްބެވި މެންބަރުންގެ ދައުރު ކުރުވެގެންދާ ދިއުމަށް ޤާނޫނުއަސާސީގެ އަސްލު އަކުރުތަކަށް ބަދަލު ގެނެސްގެން ހައްލެއް ހޯދާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިޝާރީ ލަފައަށް އިޝާރާތް ކުރަށްވަމުން މުޢިއްޒު ވިދާޅުވީ، ޤާނޫނުއަސާސީއަށް އިޞްލާޙެއް ހުށަހަޅާއިރު ގިނަ ކަންތައްތަކަކަށް ރިޢާޔަތްކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް، މި ފަހަރުގެ 8 ވަނަ އިޞްލާޙު އެކުލަވައިލުމުގައި އެ ކަންކަމަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޙްމަދު މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މި ބިލުގައި ހުރި ގިނަ އުނިކަންތައްތަކާއި ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ނުލިބެނީސް، ދެ އިންތިޚާބު އެއްކޮށްލުމަށް ތާއީދުކޮށް ވޯޓު ދެވެން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު