ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން، އެމަނިކުފާނަށް އެ ރަށުން ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެއާޕޯޓު ސަރަޙައްދަށް އެއްވުމުގެ ސަބަބުން، މުޅި އެ ސަރަޙައްދު ފުރިބާރުވެ، ބައެއް މަގުތަކުގެ ޓްރެފިކަށް ވެސް ވަނީ ބާރުބޮޑުވެފައެވެ.
ރައީސް ނަޝީދު ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށާއި، ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނަޝިދަށް މަރުހަބާ ކިޔުން
މި ދުވަސްވަރަކީ އެމްޑީޕީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ވަރުގަދައަށް ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދާ ވަގުތެކެވެ. އެގޮތުން އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ޕާޓީގެ އިސް ބޭފުޅުން އަތޮޅުތެރެއަށް ދަތުރުކުރައްވައި، ސަޕޯޓަރުންގެ ރޫޙު އާލާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެއާޕޯޓު ސަރަޙައްދަށް އެއްވުމުގެ ސަބަބުން، މުޅި އެ ސަރަޙައްދު ފުރިބާރުވެ، ބައެއް މަގުތަކުގެ ޓްރެފިކަށް ވެސް ވަނީ ބާރުބޮޑުވެފައެވެ.
Muiz should watch this
— Luke (@lucasjalyl) March 31, 2026
Anni arrives Fuvahmulah
Airport furi magu thah ves furijje #VoteMDP#Noonekey pic.twitter.com/z0gtAvJQEo
ރައީސް ނަޝީދު ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށާއި، ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ދުވަސްވަރަކީ އެމްޑީޕީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ވަރުގަދައަށް ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދާ ވަގުތެކެވެ. އެގޮތުން އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ޕާޓީގެ އިސް ބޭފުޅުން އަތޮޅުތެރެއަށް ދަތުރުކުރައްވައި، ސަޕޯޓަރުންގެ ރޫޙު އާލާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު