ޕީއެންސީ
ޕީއެންސީ
ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، އިދިކޮޅު އެމް.ޑީ.ޕީ އަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު އިތުރުވަމުންދާ މަންޒަރު ފެނި، ސަރުކާރު ހިންގާ ޕީ.އެން.ސީ އިން "ބިރުން" ޚާއްސަ ހަރުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރި މުޅި ރާއްޖޭގައި ގަދަވެ، ސިޔާސީ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، އެމް.ޑީ.ޕީގެ ހަރަކާތްތަކަށް ލިބެމުންދާ ތަރުހީބުގެ ސަބަބުން ސަރުކާރު ކޯލިޝަނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ފިއްތުންތަކާއެކު، ސަރުކާރުގެ ބާރުވެރިކަން ދެއްކުމަށާއި ސަޕޯޓަރުންގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ޕީ.އެން.ސީ އިން މިވަނީ ކުއްލި ގޮތަކަށް ޖަލްސާއެއް ބުދަ ދުވަހުގެރޭ ބާއްވަން ތާވަލުކޮށްފައެވެ.

އިންތިޚާބާ ދިމާކޮށް ދެ ފަރާތުންވެސް ވަރުގަދަ އުކުޅުތަކެއް ބޭނުންކުރަމުންދާއިރު، ބުދަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއަކީ އިދިކޮޅުގެ ކުރިއެރުމަށް ހުރަސްއަޅައި، ސަރުކާރުގެ ސިޔާސަތުތަކަށް އޮތް ތާއީދު ކަށަވަރުކުރުމަށް ބާއްވާ ހަރަކާތެއްގެ ގޮތުގައި ބެލެވެއެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފޯރި މިހާރު ހުރި ގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މަސްރަހު އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު