ކައުންސިލް އިންތިހާބަށް އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. ޕޭ ކޮމިޝަނުން މިހާރު ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުސާރަ ބޮޑުވާނެ ކަން އަންގައި އޭސީސީއަށް ސިޓީ ފޮނުވާފައެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއީ ދައުލަތުގެ ޕޭ ހާމަނައިޒް ކުރުމުގެ އުސޫލުގެ ދަށުން މުއައްސަސާތަކުގެ މުސާރައަށް ގެންނަ ބަދަލުތަކުގެ ތެރެއިން ގެނައި ބަދަލެކެވެ.
މި ނިންމުން އައިސްފައިވަނީ އިންތިހާބާ ގުޅޭގޮތުން ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް އޭސީސީން އެކަށީގެންވާ ގޮތެއްގައި ބަލަމުން ނުދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، އެ ކޮމިޝަން ދޮށުގައި އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އިންތިހާބާ ދިމާކޮށް މިފަދަ ބަދަލެއް ގެނައުމުން ސިޔާސީ ގޮތުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު