މާލޭގެ މަޖީދީމަގުން ކަފިހުރަސް މަތިން ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު މަޑުނުކޮށް ފިލި މައްސަލައިގައި ހޯދަމުންދިޔަ މީހާ، އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.
ފުލުހުން ބުނީ، އެކްސިޑެންޓްވުމަށްފަހު މަޑުނުކޮށް ދިޔަ މީހާ ރޭގެ ވަގުތެއްގައި އަމިއްލައަށް އިސްވެ ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ފުލުހުން ކުރި ސުވާލުތަކަށް އޭނާ ޖަވާބުދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މީހާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާތީ، އޭނާ ހައްޔަރުނުކޮށް ތަހުގީގު ކުރިއަށްގެންދާ ކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.
މި ހާދިސާ ހިނގާފައިވަނީ މަޖީދީމަގު، އަތަމާ ޕެލަސް ކައިރިންނެވެ. އެ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، ފުލުހުން މީގެ ކުރިން ވަނީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދި ސީސީޓީވީ ފޫޓޭޖްގެ ވީޑިއޯއެއް އާންމުކޮށްފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކަފިހުރަސް ކައިރިން އަންހެނަކު މަގު ހުރަސްކުރަނިކޮށް، ބާރު މިނުގައި ދުއްވާފައި އައި ކަޅުކުލައިގެ އެއާބްލޭޑް ސައިކަލަކުން ވަނީ އެ އަންހެން މީހާގެ ގައިގައި ޖެހިފައެވެ.
މި އެކްސިޑެންޓުގެ ސަބަބުން އެ އަންހެން މީހާ މަގުމައްޗަށް ވެއްޓުނު ނަމަވެސް، ސައިކަލު ދުއްވަން އިން މީހާ މަޑުކުރުމެއް ނެތި ބާރު މިނުގައި ދުއްވާފައިދާ މަންޒަރު ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު