ހުޅުމާލެ ހޮސްޕިޓަލުން އެކި ދުވަސްމަތިން ތަކުރާރުކޮށް ވައްކަންކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރަމުންދާ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށްފަހު، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށްފައި ވަނީ މ. ވިނަރެސް، މާލެ، ޙުސައިން ޝިހާމް (40އ) އެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، ޝިހާމް ހައްޔަރުކުރުމަށްފަހު އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، ހުޅުމާލެ ހޮސްޕިޓަލުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށެވެ.
މީގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމްތަކާއި، ޕްރިންޓަރުގެ އިތުރުން އޮފީސްތަކުގައި ބޭނުންކުރާ އެކި ބާވަތުގެ އިލެކްޓްރޯނިކް ސާމާނު ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ރިއާޔަތްކޮށް، ބަންދަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު