މާލެއާއި، ސިނަމާލެ ބުރިޖު އަދި ހައިވޭ ހިމެނޭހެން ވޭތުވެދިޔަ ހަފުތާގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގައި، ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މާރޗް 22 އިން 28 އަށް މާލެ ސަރަހައްދުގައި ޖުމުލަ 56 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. މީގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. އެގޮތުން މާލޭގައި އެކަނިވެސް 49 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުން ބުނެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އެކްސިޑެންޓް ރިޕޯޓުކޮށްފައިވަނީ މާރޗް 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 13 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތަފްސީލަށް ބަލާއިރު، ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ 14 އެކްސިޑެންޓާއި ދެ ސައިކަލު ޖެހިގެން ހިނގާފައިވާ 14 އެކްސިޑެންޓް ހިމެނެއެވެ. މީގެ އިތުރުން، އެކްސިޑެންޓްވުމަށްފަހު މަޑުނުކޮށް ދިޔަ ހަތް މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

މިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި ހިނގި އެކްސިޑެންޓުތަކުގެ ތަފާސްހިސާބު، ފޮޓޯ: ފުލުހުން
މި ހާދިސާތަކުގައި ޖުމުލަ 56 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން އެކަކަށް ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި އެކްސިޑެންޓްތަކުގެ ސަބަބުން ގިނަ އަދަދެއްގެ އުޅަނދުތަކަށް ވެސް ވަނީ އެކިވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މަގުމަތީގައި ހިނގާ މިފަދަ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ، މަގުމަތީގެ ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، އުޅަނދު ދުއްވުމުގައި ރައްކާތެރި މިންގަނޑުތައް ހިފެހެއްޓުމަށާއި، މަގުމަތީގެ އަދަބުތަކަށް އިސްކަންދިނުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު