ފަސޭހަކަމާއެކު މުދާ އުފުލުމަށާއި، މެދުނުކެނޑި މުދާ ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމް.އެސް.ސީ) އިން ކޮޅުނބާއި މާލެއާ ދެމެދު ދަތުރުކުރާނެ ޚާއްޞަ ފީޑަރު ބޯޓެއް ކަމަށްވާ "އެމް.އެސް.ސީ މަނަސާ އެފް" ތައާރަފުކޮށްފިއެވެ.
މި ނިންމުމަކީ ލަންކާގެ ކޮޅުނބު ބަނދަރުގައި މުދާ ތޮއްޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި، ރާއްޖޭގެ އިމްޕޯޓަރުންނާއި އެކްސްޕޯޓަރުންނަށް އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް އެމް.އެސް.ސީ އިން އެޅި ހަރުދަނާ ފިޔަވަޅެކެވެ.
މީގެ ކުރިން ތިންވަނަ ފަރާތްތަކުގެ ބޯޓުތަކަށް ބަރޯސާވި ނަމަވެސް، މިހާރު އެމް.އެސް.ސީގެ އަމިއްލަ މި ބޯޓު ބޭނުންކުރަން ފެށުމުން، މުދާ ލިބުމުގައި ހުރި ނުތަނަވަސްކަން ނެތިގެންދާނެއެވެ. "އެމް.އެސް.ސީ މަނަސާ އެފް" އަކީ ހަމައެކަނި އެމް.އެސް.ސީގެ ކަސްޓަމަރުންގެ މުދާ އުފުލުމަށް ޚާއްޞަ ކުރެވިފައިވާ ބޯޓަކަށް ވާތީ، މުދާ އުފުލުމުގައި އެ ކުންފުނީގެ އަމިއްލަ ތާވަލުތަކަށް އަމަލުކުރެވޭނެއެވެ.
މީގެ ސަބަބުން ސަރަޙައްދީ ފީޑަރު ބޯޓުތަކަށް ދިމާވާ ތޮއްޖެހުމުގެ ސަބަބުން މުދާ ލަސްވުން ހުއްޓުމަކަށް އައިސް، ކަނޑައެޅިފައިވާ ވަގުތަށް މުދާ ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ބޯޓުގެ ދަތުރުތައް އަވަސްކުރުމުގެ ގޮތުން މާލޭގެ ބަނދަރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމް.އެސް.ސީ އިން ބުނެއެވެ.
މިގޮތުން ބޯޓު ބަނދަރުކުރުމާއި، މުދާ ބޭލުމާއި، އަދި ލިޔެކިޔުންތަކުގެ ކަންކަން ވީހާވެސް އަވަހަށް ނިންމާލެވޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ.
މި ބަދަލާއެކު ބޯޓު ބަނދަރުގައި ހޭދަކުރާ ވަގުތު މަދުވެ، މުދާ ލިބުން އަވަސްވެގެންދާނެއެވެ. ރަމަޟާން މަހުގެ ތެރޭގައި ދިމާވި ބައެއް ލަސްވުންތަކަށްފަހު، މިހާރު އާންމު އުސޫލުން ދަތުރުތައް ފެށިފައިވާކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި، ލަންކާ އާއި އިންޑިއާގެ ބޮޑެތި ވިޔަފާރިވެރިންނާ ގުޅިގެން މުދާ އިތުރުކުރުމުގެ ކެމްޕޭނެއްވެސް އެމް.އެސް.ސީގެ މާކެޓިން ޓީމުން ވަނީ ފަށާފައެވެ.
އެމް.އެސް.ސީ އިން ރާއްޖޭގެ ކަސްޓަމަރުންނަށް ދޭ މެސެޖަކީ، ކަސްޓަމަރުންގެ މުދަލަށް އެ ކުންފުނިން އިސްކަންދޭނެ ކަމާއި، "އެމް.އެސް.ސީ މަނަސާ އެފް" އާއެކު ކޮޅުނބާއި މާލެއާ ދެމެދު އިތުބާރު ހުރި ގުޅުމެއް ގާއިމުވެފައިވާ ކަމެވެ. ބުކިން ހެއްދުމާއި އިތުރު މައުލޫމާތު ހޯދުމަށް އެމް.އެސް.ސީގެ މާލޭ އޮފީހާ ގުޅުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު