އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ލޮޅުން އަރައިފި
އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ލޮޅުން އަރައިފި
އަފްޣާނިސްތާނާއި ތަޖިކިސްތާން ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމެއްގެ ލޮޅުންތައް އިންޑިއާގެ ވެރިރަށް ދިއްލީއަށާއި އުތުރު އިންޑިއާގެ ބައެއް ސަރަހައްދުތަކަށް އައިސްފިއެވެ.

ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން މައުލޫމާތު ދޭ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.9 ގެ ބާރުމިނުގައި އައި މި ބިންހެލުން އުފެދިފައިވަނީ ބިމުގެ 177 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމުގެ ސަބަބުން ދިއްލީ އާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ބިރުން މަގުތަކަށް ނުކުމެފައިވާއިރު، ގިނަ ބަޔަކު ވަނީ ރައްކާތެރިކަން ހޯދުމަށް އޮފީސްތަކާއި ގޭގެއިން ބޭރަށް ދުވެފައެވެ.

ނަމަވެސް، މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ނުވަތަ މާ ބޮޑު ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތުތައް އެއްކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު