މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ބާއްވާ ރެފަރެންޑަމްގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވޯޓުލައްވައިފިއެވެ.
ޝާހިދު ވޯޓުލައްވާފައިވަނީ މިއަދު ހެނދުނު މަޖީދިއްޔާ ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ.
ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ޝާހިދު ވަނީ، ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤަކަށްވާއިރު، ވީހާވެސް ގިނަ ރައްޔިތުން ނުކުމެ ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ޝާހިދުގެ އިތުރުން އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް އާޒިމް ވެސް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ވޯޓުލައްވާފައެވެ. އާދަމް އާޒިމް ވޯޓުލައްވާފައިވަނީ މާފަންނު މަދަރުސާގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ.
މިއަދުގެ އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާއި، ކުރިއަށް އޮތް ތަނުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާ މުހިންމު ދުވަހެކެވެ. އިންތިޚާބުގެ ވޯޓުލުން ހަވީރުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު