އައިލެންޑް ސަފާރީގެ ބައެއް ފަޅުވެރިން އަނެއްކާވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފަށަން ޖެހިއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމުގެ މެންބަރު ޑރ. އަލީ ލަތީފު ވިދާޅުވީ އެމީހުންގެ ތެރެއިން ބައެއް މީހުން އުސޫލުތަކާއި ހިލާފުވެފައިވާ ކަމަށެވެ. ކަރަންޓީން ކުރުމުގެ ބޭނުން ޙާސިލްވާނީ 14 ދުވަސް ވަންދެން އެކަހެރިކޮށް ހުރެގެން ކަރަންޓީން ފުރިހަމަ ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެތެރެއިން ބައެއް މީހުން ވިލިވަރު ކަރަންޓީންގައި ބޭރަށް ނުކުމެ އެހެން މީހުންނާއި ގުޅިގެން އުޅެފައިވާ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިގޮތަށް އަމަލު ކުރުމުން ކަރަންޓީންގެ މަގުޞަދު ހާސިލް ނުވާ ކަމަށެވެ.
ޑރ އަލީ ލަތީފު ވިދާޅުވީ އެނޫން ބައެއް މީހުންވެސް އުސޫލުތަކާއި ހިލާފުވެގެން އަލުން ކަރަންޓީން މުއްދަތު ފަށާފައި އެބަތިބި ކަމަށެވެ. އައިލެންޑް ސަފާރީ އާއި އޭގައި ތިބި 30 މީހަކު ކަރަންޓީން ކުރީ އެ ސަފާރީގައި ތިބި އިޓަލީގެ ދެ ޓޫރިސްޓަކު ކޯވިޑް-19 އަށް ޕޮސިޓިވް ވުމުންނެވެ. މީގެ ތެރެއިން އަލުން ކަރަންޓީން މުއްދަތު ފަށަން ޖެހުނީ ކިތަން މީހުން ކަމެއް ނުވަތަ ކޮން ބައެއް ކަމެއް ނޭނގެއެވެ. އަދި އޭގެ ތެރެއިން ބައެއް ޓޫރިސްޓުން މިހާރު ވަނީ ކަރަންޓީން މުއްދަތު ހަމަކޮށް ރާއްޖެއިން ފުރައިގެން ގޮސްފައެވެ.
އައިލެންޑް ސަފާރީ ކަރަންޓީން ކޮށްފައި އޮތީ ވިލިވަރު ފަޅުތެރޭގައެވެ. އޭގައި ތިބި ދެ ފަޅުވެރިން ފިޔަވާ ދެން ތިބި އެންމެން ކަރަންޓީން ކުރީ ވިލިވަރުގައެވެ. ސަފާރީ ހުސްކޮށް ނުބާއްވަން ވެގެން ދެ ފަޅުވެރިން ކަރަންޓީން ކޮށްފައި ތިބީ ސަފާރީގައެވެ.

ކިޔުންތެރިންގެ ހިޔާލު