މަރްޔަމް ނަހްދާ ވަޙީދު   4 އޭޕްރީލު 2026 - 18:24
ރައީސް އޮފީސް-
ރައީސް އޮފީސް-
އެޕްރީލު 5 ވާ އާދީއްތަ ދުވަހާއި، އެޕްރީލު 6 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ދެ ދުވަސް ބަންދު ކުރެއްވުމަށް ނިންމެވީ އިލެކްޝަންސް ކޮމިޝަނުން އެކަމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް އެދިފައިވަނީ މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ހުރުމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ނިންމެވުމުގެ މައިގަނޑު ބޭނުމަކީ، އިންތިޚާބާ ގުޅޭ އެކިއެކި ކަންކަމުގައި ދައުލަތުގެ ގިނަ މުއައްސަސާތަކަކާއި، ސިވިލް ސަރވިސްގެ ބޮޑު އިންސައްތައެއްގެ މުވައްޒަފުން އަމަލީ ގޮތުން ހަރަކާތްތެރިވަމުންދާތީ، ވޯޓަށްފަހު ކުރަންޖެހޭ އިދާރީ މަސައްކަތްތަކަށް ވަގުތު ދިނުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އޭޕްރީލް 5 ވާ އާދީއްތަ ދުވަހުގެ އިތުރުން، އޭޕްރީލް 6 ވާ ހޯމަ ދުވަސް ބަންދުކުރަން ނިންމެވީ، އިންތިޚާބަށްފަހުވެސް ނަތީޖާ އިއުލާނުކުރުމާއި، އިންތިޚާބާ ގުޅުންހުރި އެހެނިހެން މުހިންމު މަސައްކަތްތައް އެ ދުވަހުވެސް ކުރިއަށްދާނެތީ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު