ޤައުމުގެ މިސްރާބު ބަދަލުކޮށް، ދައުލަތުގެ ހިންގުން ހަމަ މަގަށް އެޅުވުމަށްޓަކައި ސިޔާސީ މަޝްވަރާގެ މޭޒުދޮށަށް ވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން، ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް ގޮވާލަށްވައިފިއެވެ.
އަލީ ހުސައިން މިކަމަށް ގޮވާލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، ދުނިޔެއާއި ރާއްޖޭގެ ޙާލަތު މިހާރު އޮތް ގޮތުން، މި ނާޒުކު ދަނޑިވަޅުގައި ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓަކީ އެއްވެސް ނުފޫޒެއް ނެތް، މިނިވަން ތަންތަނުގެ ގޮތުގައި އޮތުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު އަލީ ހުސައިން ވިދާޅުވީ، ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށްޓަކައި ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ މިނިވަންކަން ކަށަވަރުކުރުމާއެކު، ސިޔާސީ ހުރިހާ ފަރާތްތަކަކުން މަޝްވަރާގެ މޭޒުދޮށަށް އައުމަކީ މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް އެންމެ ރަނގަޅު މަގުކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި ވަގުތަކީ ދުނިޔޭގެ މަސްރަޙުގައި ހަނގުރާމައިގެ ބިރުވެރިކަން އޮތް ނާޒުކު ވަގުތެއްކަން ފާހަގަކުރަށްވަމުން، އަލީ ހުސައިން ވިދާޅުވީ ގައުމުގެ މިސްރާބު ރަނގަޅު މިސްރާބަކަށް އަނބުރާލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން މަސައްކަތްޕުޅު ކުރައްވަން ޖެހޭ ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ގާނޫނީ ހުކޫމަތު ދެމެހެއްޓުމަށްޓަކައި މުއައްސަސާތަކަށް ދީފައިވާ ބާރުތައް އޭގެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެއިތުރުން މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގައުމުގެ ހިންގުން ހަމަ މަގަށް އެޅުވުމަށްޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށްވެސް ޢަލީ ވިދާޅުވެފައިވެއެވެ.

ހަނގުރާމައިގެ މި ވަގުތުގައި ގައުމުގެ މިސްރާބު ބަދަލުކޮށް، ދައުލަތުގެ ހިންގުން ހަމަ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު މިނިވަންކޮށް، މަޝްވަރާގެ މޭޒުދޮށަށް ވަޑައިގެންނެވުމަށް އިހުތިރާމާއެކު ރޖ އަށް ގޮވާލަން.
— Ali Hussain (@AleeVoice) April 5, 2026
ހަމައެއާއެކު އަލީ ހުސައިން ވިދާޅުވީ، ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށްޓަކައި ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ މިނިވަންކަން ކަށަވަރުކުރުމާއެކު، ސިޔާސީ ހުރިހާ ފަރާތްތަކަކުން މަޝްވަރާގެ މޭޒުދޮށަށް އައުމަކީ މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް އެންމެ ރަނގަޅު މަގުކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި ވަގުތަކީ ދުނިޔޭގެ މަސްރަޙުގައި ހަނގުރާމައިގެ ބިރުވެރިކަން އޮތް ނާޒުކު ވަގުތެއްކަން ފާހަގަކުރަށްވަމުން، އަލީ ހުސައިން ވިދާޅުވީ ގައުމުގެ މިސްރާބު ރަނގަޅު މިސްރާބަކަށް އަނބުރާލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން މަސައްކަތްޕުޅު ކުރައްވަން ޖެހޭ ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ގާނޫނީ ހުކޫމަތު ދެމެހެއްޓުމަށްޓަކައި މުއައްސަސާތަކަށް ދީފައިވާ ބާރުތައް އޭގެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެއިތުރުން މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގައުމުގެ ހިންގުން ހަމަ މަގަށް އެޅުވުމަށްޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށްވެސް ޢަލީ ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު