ހެލްތު މިނިސްޓަރ އަަމީން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ބޭފުޅުންނާއެކު
ހެލްތު މިނިސްޓަރ އަަމީން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ބޭފުޅުންނާއެކު
ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ ވެންޓިލޭޓަރުތަކާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ ސުވާލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް ނިންމާފައިވާ މި ވެންޓިލޭޓަރުތަކާ ގުޅިގެން މިނިސްޓަރު އަމީނާ ސުވާލުކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެވެ.

ރައްޔިތުންގެ މަޖިލީހަށް ހައިތަމް ފޮނުއްވާފައިވާ ސުވާލުތަކުގެ ތެރޭގައި ވެންޓިލޭޓަރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށް ދޭތޯއާއި، އެކަމުގެ މަސައްކަތް ކުރިއަށްދާ ގޮތަކީ ކޮބައިކަން ސާފުކުރެއްވުން ހިމެެނެ އެވެ.

އޭގެ އިތުރުން ބިޑްކޮށްގެން ކުރިއަށް ގެންދާނަމަ ބިޑަށް ކުރިމަތިލީ ކިތައް ފަރާތުން ތޯ ސާފުކުރެއްވުމަށްވެސް ހުށައަޅުއްވާފައިވާ ސުވާލުތަކުގައިވެ އެވެ. އަދި ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބިފައި ނުވަނީ ކީއްވެތޯ އާއި ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބޭވަރު ވާނީ ކޮންއިރަކުން ތޯ ވެސް ސުވާލު އުފައްދަވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކުރައްވައި ފޮނުއްވި މި ސިޓީގައި ހައިތަމް ވަނީ ވެންޓިލޭޓަރުގެ މައްސަލައިގައި ބޭނުންވާ މައުލޫމާތު ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ލިބޭނެ ގޮތް ހައްދައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގަ އާއި އައިޖީއެމްއެޗާއި އަދި އަމިއްލަ ހޮސްޕިޓަލުތަކާއެކު މުޅި ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަހުރި ކަމަށް ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ވިދާޅުވެފަ އެވެ. އަދި އިތުރު 65 ވެންޓިލޭޓަރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް 200 ވެންޓިލޭޓަރު ހަމަކުރެއްވުން ކަމަށް މަބްރޫކް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ވެންޓިލޭޓަރުތައް އައުން ލަސްވާ ސަބަބެއް ބެލުމަށް ނޫސްވެރިއަކު ދާދިފަހުން އަމީނާ ސުވާލު ކުރުމުން މާ ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ މި ވެންޓިލޭޓަރތައް ގެންނަން ހަވާލުކުރި ފަރާތާއި އެފަރާތާއި ހަވާލުކުރި ގޮތާއިމެދު ވެސް ސުވާލު އުފައްދާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން