ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ، މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލް އެވެ. އަތުލައިގަތް ތަކެތީގެ ބަރުދަނުގައި ޖުމްލަ 2174 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
އޭގެއިތުރަށް ކަސްޓަމްސްއިން ބުނީ، މި ތަކެތީގެ މަގުމަތީ އަގު 1.7 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު