މާލޭގެ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ އިރުއޮއްސި 18:18 އެހައިކަންހާއިރުއެވެ.
ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ފެނުނުއިރު އޭނާގެ އަނގައިން ލޭ އައިސްފައި ހުއްޓެވެ. ފުލުހުންގެ އެހީތެރިކަމާއެކު އެމީހާ ވަނީ ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ތިބި ބައެއް މީހުން މައުލޫމާތު ދޭ ގޮތުގައި، ހަބަރު ހުސްވެފައި އޮއްވާ ފެނުނީ އިންޑިއާގެ ރައްޔިތެކެވެ. މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި، އެ މީހާ ފުރަތަމަ ގެއިން ނިކުތުމަށްފަހު ބަނޑުގައި ރިއްސާވާހަކަ ބުނެ އަލުން ގެޔަށް ވަނެވެ. އޭގެ ފަހުން އެހެން ބަޔަކު އޭނާ އުފުލާލައިގެން ބޭރަށް ނެރުނު ކަމަށާއި، އޭނާގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާ ގުޅިގެން މަގުމަތީގައި ބާއްވާފައި އެ މީހުން ދިޔައީ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު