ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައި ބަޔަކު ވައްކަން ކުރަމުން ދާ ކަމަށް ނޭޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން، އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

އިއްޔެ ޒަރިއްޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީ ސަރުކާރުތަކުގައި ވައްކަންކޮށްފައި ވަނީ ރައްޔިތުންގެ މުދަލުން ކަމަށާއި މިހާރު ވައްކަން ކުރަމުން އަންނަނީ ރައްޔިތުންގެ ސިއްޙީ ސަލާމަތުގެ ނަމުގައި ކަމަށެވެ. އޭނާ ވަނީ ކުރިން އަދި މިހާރު ވެސް ވައްކަން ކުރަމުން އަންނަ ގޮތް ތަފާތު ނަމަވެސް، މިކަމުގައި އުޅެނީ ހަމައެއް ގްރޫޕެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

މިފަދަ މޭރުމަކުން ޒަރިޔަންދު ޓްވީޓް ކުރެއްވި ނަމަވެސް އެކަމުގެ އެއްވެސް ވަރެއްގެ ތަފްސީލެއް ދެއްވާފައެއްނުވެއެވެ. އަދި ޓްވީޓް އަމާޒު ކުރެއްވީ ކޮންބަޔަކަށްކަންވެސް ސާފުވާގޮތެއް ނުވެއެވެ.

މީގެ ކުރިން ޒަރިޔަންދު ވަނީ، "އެއްވެސް ޤާނޫނެއްގައި ބަޔާންކޮށްފައި ނެތް ޓެންޑަރ ކޮމިޓީއަކުން ފާސްކޮށްގެން ގަންނަ ތަކެއްޗާއި، މަސައްކަތްތައް ވާނީ ޤާނޫނާ ޚިލާފު ޢަމަލަކަށް" ކަމަށް ވެސް ވިދާޅުވެފައެވެ.

އަދި ހަމަ އެއާއެކު ބަޖެޓްގައި ނެތް، ޢިމާރާތްކުރުމުގެ ބޮޑެތި މަޝްރޫޢުތަކަށް ކެޕިޓަލް ޚަރަދު ކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހޭނެކަން މަޖިލީހުގެ މެމްބަރުންނަށް އެނގިވަޑައިގަންނަވަން ވާނެ ކަމަށްވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.



ޓެންޑަރ ބޯޑުގެ ޗެއަރމަންގެ މަޤާމަށް އައްޔަންކުރެއްވި ފަހުން ޒަރިޔަންދު ގެންދަވަނީ ފުލުފުލުގައި ޤާނޫނާ ޤަވާޢިދާ ޚިލާފަށް ސަރުކާރުގެ ތެރޭގައި ކަންތައްތަކެއް ހިންގަމުން އަންނަކަން ދޭހަވާފަދަ ޓްވީޓްތަކެއް ކުރަށްވަމުންނެވެ. އެހެން ނަމަވެސް މި ކަންކަމުގެ ޙަޤީޤަތް އަދި ތިލަވެފައެއް ނުވެއެވެ. އަދި ދައުލަތުގެ ކަމާބެހޭ އެއްވެސް އެފަދަ މުއައްސަސާއަކުން މިފަދަ ކަމެއް ބަލަމުން ގެންދާ ކަމެއް ވެސް އެނގިފައެއް ނުވެއެވެ.

މިސަރުކާރުން ބަދަލު ދިނުމާއި ކުރިން ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދެމުން ގެންދާ ކަމުގެ ތުހުމަތު ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


22

ޫޔތތ

11-Apr-2020

ޒަރިޔަންދަކީ އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުގައި ރަށްރަށުގެ ރައްޔިތުންގެ މާލިއްޔާގައި ހުރި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަރުކާރުގެ ބޭނުމަށް ނެގުމުގައި އިސް ދައުރެއް އަދާކުރި މީހެއް.



ޓްރެންޑިން