އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހިފަހައްޓާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމަށްވާ މަސްޖިދުލް އަޤްޞާ 40 ދުވަހަށްފަހު ފަތިސް ނަމާދަށް އަލުން ހުޅުވައިފިއެވެ.
ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް މުސްލިމުންނަށް މި މިސްކިތަށް ވަނުން މަނާކޮށްފައި އޮތުމުން، ގިނަ ބަޔަކު ނަމާދުކުރަން މަޖުބޫރުވީ ގުދުސްގެ ބާޒާރުތަކާއި މިސްކިތާ ކައިރި މަގުތަކުގައެވެ.
މިސްކިތް ބަންދުކޮށްފައި އޮތް މުއްދަތުގައި، އިސްރާއީލުގެ ސިފައިން ވަނީ ޗެކްޕޮއިންޓްތައް މެދުވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް ބިރުދައްކައި، މިސްކިތާ ކައިރިއަށް އެއްވާ މީހުން ބާރުގެ ބޭނުންކޮށްގެން ފޮނުވާލާފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންނާއި ދީނީ އިލްމުވެރިން ވަނީ، އަޅުކަންކުރާ ތަންތަން މިގޮތަށް ބަންދުކުރުމަކީ ދީނީ މިނިވަންކަމާ ޚިލާފު، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްގެ ގޮތުގައި ސިފަކޮށް އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ފަލަސްތީނުގެ ރައްޔިތުން ދެކޭގޮތުގައި، މިސްކިތް ބަންދުކުރުމަކީ ހަމައެކަނި އަޅުކަން ކުރުމަށް އެޅުނު ހުރަހެއް ނޫނެވެ. އެއީ އެމީހުންގެ ދިރިއުޅުމާއި ދީނީ ކަންކަމުގެ މައްޗަށް އިސްރާއީލުން ބާރުފޯރުވުމަށް ކުރާ ނިޒާމީ މަސައްކަތުގެ ރަމްޒެކެވެ. މިސްކިތް އަލުން ހުޅުވުމާއެކު އާންމުންނަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، މިފަދަ ހަރުކަށި ފިޔަވަޅުތައް ތަކުރާރުވެދާނެ ކަމުގެ ބިރު އަދިވެސް އޮތް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު