ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ "ވެކޭޝަނަލް އެކްސްޕޯ" ގައި ބައިވެރިވާ "ދަ ޓްރެވެލަރ (ދަތުރުވެރިޔާ) ގްރޫޕުގެ ސްޓޯލަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ޢުމުރާ ދަތުރުގެ އަގުން ވަރަށް ޚާއްޞަ ޑިސްކައުންޓެއް ލިބޭނެކަން އެ ގްރޫޕުން އިޢުލާނުކޮށްފިއެވެ.

ހައިރައިޒް އިން އިންތިޒާމުކޮށްގެން މި މަހުގެ 9 އިން 11 އަށް ކުރިއަށްގެންދާ މި އެކްސްޕޯގައި، ދަތުރުވެރިޔާ ގްރޫޕުގެ ސްޓޯލަށް ޒިޔާރަތްކޮށް ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް 2000 ރުފިޔާއާ ހަމައަށް ޑިސްކައުންޓެއް ލިބޭނެއެވެ.

އެ ގްރޫޕުން މަޢުލޫމާތު ދޭ ގޮތުގައި، ސްޓޯލަށް ޒިޔާރަތްކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ވަގުތުން ފައިސާ ދެއްކުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ފައިސާ ދެއްކުމަށް އިތުރު ވަގުތު ބޭނުންވާ ފަރާތްތަކަށް އެއް ހަފްތާގެ މުއްދަތެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އެކްސްޕޯ ކުރިއަށްދާ ކޮންމެ ދުވަހަކުވެސް ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުވަތެއް ނަގައި، ހޮވޭ ފަރާތްތަކަށް ޚާއްޞަ އިނާމުތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދަތުރުވެރިޔާ ގްރޫޕަކީ ރާއްޖޭގައި މިހާރު އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އެއް ޢުމްރާ ޖަމާޢަތެވެ. އެ ޖަމާޢަތުގެ އެންމެ ބޮޑު އަމާޒަކީ ޢުމުރާވެރިންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީ، އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

"އަޅުގަނޑުމެން ޚިދުމަތް ދެނީ ހަމައެކަނި ފައިދާއަށް ބަލައިގެނެއް ނޫން. އެންމެ ބޮޑު ބޭނުމަކީ ޢުމުރާވެރިންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ދިނުން،" އެ ޖަމާޢަތުން ބުނެއެވެ.

ވެކޭޝަނަލް އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 9 އިން 11 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެކްސްޕޯ އާންމުންނަށް ހުޅުވާލާފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:30 އަށެވެ.



ކިޔުންތެރިންގެ ހިޔާލު