2020 ވަނަ އަހަރު ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރުން އީރާނާއެކު ބެލިސްޓިކް މިސައިލް ސިސްޓަމެއް ގަތުމަށް ބޮޑު އެއްބަސްވުމެއް ގާއިމުކުރިކަން ފޮލިޓިކޯ ނޫހުން ހާމަކޮށްފިއެވެ.
400 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު މި އެއްބަސްވުމުގެ ދަށުން ގަންނަން ނިންމި މިސައިލްތަކަކީ ސީދާ އެމެރިކާއާ ހަމައަށް ފޯރުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރުތަކެކެވެ.
މި ރޭވުމުގެ ދަށުން، މި ވަރުގަދަ މިސައިލްތައް އިންސްޓޯލް ކުރުމަށް ހަމަޖެހިފައި އޮތީ ވެނެޒުއޭލާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކުގައެވެ. މިއީ ސަރަހައްދީ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭރުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރިއެވެ.
ނަމަވެސް، މި މުއާމަލާތް އެންމެ ފަހު ވަގުތު ނާކާމިޔާބުވީ އޭރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދިން ވަރުގަދަ ޕްރެޝަރުތަކުގެ ސަބަބުންނެވެ. އެމެރިކާއިން އެޅި ހަރުކަށި ފިޔަވަޅުތަކާއި ކުރިމަތިކުރި ސިޔާސީ ނުފޫޒުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް މި އަސްކަރީ އެއްބަސްވުން ކުރިއަށް ނުގެންދެވި ހުއްޓުމަކަށް އައީއެވެ.

ކިޔުންތެރިންގެ ހިޔާލު