މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ވަކިވަކި ދެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދަފްތަރު ނަންބަރު ރސ 5268 / މާލެ، މުޙައްމަދު ޠާހާ (37އ) އާއި، ދަފްތަރު ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އެވެ.
މުޙައްމަދު ޠާހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންނެވެ. ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކުރީ 2026 އޭޕްރީލް 10 ވަނަ ދުވަހުގެ ހެނދުނު 08:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1، ނިރޮޅުމަގު، ފްލެޓް 20 ސަރަހައްދުންނެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރީ، ނިރޮޅުމަގުން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާފައި ދަނިކޮށް، މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ފާހަގަކުރެވިގެންނެވެ.
އެގޮތުން އޭނާ ދުއްވި ސައިކަލު ހުއްޓުވައި ބަލައި ފާސްކުރިއިރު، ސައިކަލުގެ ކަނާތްފަރާތު ވަތްގަނޑުގައި އޮތް ޓިޝޫއެއްގެ ތެރޭގައި ފޮރުވާފައި އޮތް، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވެއެވެ. އެ ޕެކެޓުގެ ވަގުތީ ބަރުދަނުގައި 5.14 ގްރާމް ހުރި ކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލައާ ގުޅިގެން އޭނާ ދުއްވި ސައިކަލު ވަނީ ޓޯކޮށްފައެވެ.
ފަތުޙު އާދަމް ޙަސަންފުޅު ހައްޔަރުކުރީ މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގައެވެ. 2026 އޭޕްރީލް 08 ވަނަ ދުވަހުގެ ރޭ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ތަނުން ވަގުތީ ބަރުދަނުގައި 38 ގްރާމް ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
ފަތުޙު އާދަމް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން، އޭގެ ވިޔަފާރިކުރުމުގައި ބައިވެރިވާކަމުގެ ތުހުމަތުގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިހާރު ވަނީ 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި ދެ މައްސަލަވެސް ދިވެހި ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު