އޮޔާދާ ބާޖު (ފޮޓޯ:- އެމްއެންޑީއެފް)
އޮޔާދާ ބާޖު (ފޮޓޯ:- އެމްއެންޑީއެފް)
އަލިހުރަސް ކަނޑުން އެއްވެސް އަލިކަމެއް ނެތި ބާޖެއް އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފްުން އިލްތިމާސްކޮށްފިއެވެ.

މި ބާޖަކީ، 100 ފޫޓުގެ ދިގު ބާޖެއްކަމަށާއި، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށާއި، ޚާއްޞަގޮތެއްގައި ރޭގަނޑުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، މި ބާޖު ކ.ގިރާވަރުގެ ދެކުނު ކަނޑުއޮޅިން ނުކުމެ ހުޅަނގު ދެކުނަށް އޮޔާ ގެންދާކަމަށާއި، މި ބާޖުގައި އެއްވެސް އަލިކަމެއް އަދި މީހަކުވެސް ނުހުންނާނެކަމަށް ވެރިފަރާތުން ބުނެފައިވާ ކަމަށެވެ. ނަމަވެސް މިއީ ކޮން ފަރާތަކުން ދުއްވާ ބާޖެއް ކަމެއް އެފަރާތުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން