ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމާއި ޚިޔާލުތަފާތުވުންތައް ނައްތާލައި، ޕާޓީ އަލުން އެކުލަވާލުމަށްޓަކައި އެ ޕާޓީގެ ގައުމީ މަޖިލީހުން ވަރުގަދަ ނިންމުންތަކެއް ނިންމައިފިއެވެ.
ސިއްރުކޮށްގެން ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ނިންމި އެންމެ ފާހަގަކޮށްލެވޭ އެއް ނިންމުމަކީ، އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން ޕާޓީގައި ދެމިތިއްބަވާހާ ހިނދަކު، އެ ބޭފުޅުންނަކީ ގައުމީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ގޮތުގައި ބަލައިގަތުމަށް އަސާސީ ގަވާއިދަށް އިސްލާހު ގެނައުމެވެ.
މީގެ ސަބަބުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ޕާޓީގެ އެންމެ މަތީ ގުނަވަނުން ދާއިމީ ގޮނޑިއެއް ކަށަވަރުވެގެންދާނެއެވެ.
ޕާޓީ ހިންގުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ލަފާދޭނެ ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށްވެސް ވަނީ ފާސްކޮށްފައެވެ.
ހަ މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގައި ރައީސް ޞާލިހާއި ރައީސް ނަޝީދު ނުވަތަ އެ ބޭފުޅުން ކަނޑައަޅުއްވާ މަންދޫބުންގެ އިތުރުން، ޕާޓީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދު، ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް، އަދި ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ހިމެނިވަޑައިގަންނަވައެވެ.
މި ކޮމިޓީގެ މައިގަނޑު މަގްސަދަކީ އައު ޗެއަރޕާސަނެއް އިންތިޚާބު ކުރެވެންދެން ޕާޓީގެ މުހިންމު ނިންމުންތަކުގައި މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމެވެ.
މީގެ އިތުރުން، ރައީސް ނަޝީދަކީ ޕާޓީގެ އެޑްވައިޒަރެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމަކީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ "ބައިބައިވުން" ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
މި ބަދަލުތައް ގެނައުމަށް މަޖުބޫރުވީ، ދާދިފަހުން ބޭއްވި ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ފުރުސަތު ނުދިނުމާ ގުޅިގެން ޕާޓީގެ ތެރޭގައި އުފެދުނު ބޮޑު ކޯޅުމަށްފަހުގައެވެ. މި އައު އިންތިޒާމުތަކާއެކު، ޕާޓީގެ އިސް ސަފުގައި ތިއްބެވި ލީޑަރުންގެ މެދުގައި ގުޅުން ބަދަހިވެ، އެމްޑީޕީގެ ތެރެއަށް އަލުން ސުލްހަވެރިކަން އަންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.
އެމްޑީޕީ އިން ނިންމި މި ނިންމުމަކީ މިހާރުގެ ރާއްޖޭގެ ސިޔާސަތު ބައްޓަންވަމުންދާ ގޮތަށް ބަލާއިރު، ދިވަހިރައްޔިތުންނަށް ވަރަށް ވެސް މުހިއްމު ނިންމުމެކެވެ. މިއީ އެމްޑީޕީގެ ބަދަހި ސަފުތަކުން މިރާއްޖެ މިހާރު ދަތުރު ކުރަމުން މިދާ ހުދުމުހުތާރު ވެރިކަން ހުއްޓުވޭނެ ހަމައެކަނި ފިކުރު ކަމަށް މިއަދު ދިވެހި ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. އެހެންކަމުން އެމްޑީޕީގެ އިސް ލީޑަރުން އެއްމޭޒެއްގައި މަޝްވަރާ ކުރެވޭގޮތަށް އެއްބައިވަންތަވުމަކީ ދިވެހި ރައްޔިތުންގެ ރައްޔިތުނ ްއަދި މިއަދު މިދިވެހި ގައުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.

ކުރީގެ ރައީސް @MohamedNasheed އާއި @ibusolih އެމްޑީޕީގެ އެޑްވައިޒަރުން ގޮތުގައި ހަމަ ޖެއްސުމަށާއި އެމްޑީޕީގެ ހިންގުން 6 ލީޑަރުން @faya_i @ibusolih @MohamedNasheed @abdulla_shahid @HithadhooNazil @mpgapo ވަގުތީ ކޮމިޓީއަކަށް ދޭން ގައުމީ މަޖިލީހުން ފާސްކޮށްފި.#KKBK pic.twitter.com/WeoGygAMc2
— Hussain Shafiu (@charly_thuthu) April 11, 2026
ހަ މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގައި ރައީސް ޞާލިހާއި ރައީސް ނަޝީދު ނުވަތަ އެ ބޭފުޅުން ކަނޑައަޅުއްވާ މަންދޫބުންގެ އިތުރުން، ޕާޓީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދު، ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް، އަދި ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ހިމެނިވަޑައިގަންނަވައެވެ.
މި ކޮމިޓީގެ މައިގަނޑު މަގްސަދަކީ އައު ޗެއަރޕާސަނެއް އިންތިޚާބު ކުރެވެންދެން ޕާޓީގެ މުހިންމު ނިންމުންތަކުގައި މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމެވެ.
މީގެ އިތުރުން، ރައީސް ނަޝީދަކީ ޕާޓީގެ އެޑްވައިޒަރެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމަކީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ "ބައިބައިވުން" ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
މި ބަދަލުތައް ގެނައުމަށް މަޖުބޫރުވީ، ދާދިފަހުން ބޭއްވި ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ފުރުސަތު ނުދިނުމާ ގުޅިގެން ޕާޓީގެ ތެރޭގައި އުފެދުނު ބޮޑު ކޯޅުމަށްފަހުގައެވެ. މި އައު އިންތިޒާމުތަކާއެކު، ޕާޓީގެ އިސް ސަފުގައި ތިއްބެވި ލީޑަރުންގެ މެދުގައި ގުޅުން ބަދަހިވެ، އެމްޑީޕީގެ ތެރެއަށް އަލުން ސުލްހަވެރިކަން އަންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.
އެމްޑީޕީ އިން ނިންމި މި ނިންމުމަކީ މިހާރުގެ ރާއްޖޭގެ ސިޔާސަތު ބައްޓަންވަމުންދާ ގޮތަށް ބަލާއިރު، ދިވަހިރައްޔިތުންނަށް ވަރަށް ވެސް މުހިއްމު ނިންމުމެކެވެ. މިއީ އެމްޑީޕީގެ ބަދަހި ސަފުތަކުން މިރާއްޖެ މިހާރު ދަތުރު ކުރަމުން މިދާ ހުދުމުހުތާރު ވެރިކަން ހުއްޓުވޭނެ ހަމައެކަނި ފިކުރު ކަމަށް މިއަދު ދިވެހި ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. އެހެންކަމުން އެމްޑީޕީގެ އިސް ލީޑަރުން އެއްމޭޒެއްގައި މަޝްވަރާ ކުރެވޭގޮތަށް އެއްބައިވަންތަވުމަކީ ދިވެހި ރައްޔިތުންގެ ރައްޔިތުނ ްއަދި މިއަދު މިދިވެހި ގައުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު