މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވަނީ އީރާނާއެކު ސީދާ މަޝްވަރާތައް ބޭއްވުމަށް ޕާކިސްތާނުގެ އިސްލާމްއާބާދަށް ވަޑައިގެންފައެވެ.
މި ބައްދަލުވުންތަކާ މެދު ވެންސް އުންމީދު ފާޅުކުރެއްވި ނަމަވެސް، ތެހެރާނުން ދަނީ އެމެރިކާއަށް އެއްވެސް އިތުބާރެއް ނެތްކަން ހާމަކުރަމުންނެވެ. ހަމައެއާއެކު، އީރާނުން ކަނޑުގެ މުހިންމު ސަރަހައްދުތަކެއްގައި މައިން ވަޅުލާފައިވާތީ، އެ ސަރަހައްދުތައް ސާފުކޮށް އުޅަނދުފަހަރަށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އެމެރިކާގެ މަނަވަރުތަކުން މިހާރު ވަނީ ފަށާފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ކެމްޕޭން އަދި ނިމުމަކަށް ނާދެއެވެ. އޭނާ ބުނި ގޮތުގައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ގާތަށް ގޮސްފައިވާތީ ދިން ހަމަލާތަކުގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.
މީގެ އިތުރުން ލެބަނަންގެ ތުފާހްތާ ސަރަހައްދަށް ދިން ހަމަލާތަކުގައި ވެސް ނުވަ މީހަކު ޒަހަމްވެ، އޭގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށް ލެބަނަންގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދެއެވެ.
މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އީރާނުން ރަސްމީ އަދަދުތައް ހާމަނުކުރި ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި އީރާނުން 3,400 އެއްހާ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 1,600 އާންމުން ހިމެނެއެވެ. މީގެ އިތުރުން ލެބަނަންއިން 2,000 އަށްވުރެ ގިނަ މީހުން، އިސްރާއީލުން 23 މީހުން، އަދި އެމެރިކާގެ 15 ސިފައިން މި ހަމަނުޖެހުންތަކާ ގުޅިގެން މަރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު