ސަރުކާރުގެ މަސްކުންފުނި، މިފްކޯގެ ސީއީއޯގެ މަގާމުން ފަރުހަތު ޝަހީރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މިދިޔަ އަހަރުގެ މާޗު މަހު އެ މަގާމާ ހަވާލުވެވަޑައިގަތް ފަރުހަތު އިސްތިއުފާ ދެއްވިކަން މިއަދު ކުންފުނީގެ މުވައްޒަފުންނަށް އަންގަވާފައިވީ ނަމަވެސް، މަގާމުން ވަކިވެވަޑައިގަތް ސީދާ ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.
އޭނާ އިސްތިއުފާ ދެއްވިއިރު، މިފަހަކަށް އައިސް މިފްކޯއިން ވަނީ ސަރުކާރަށް ނޭނގި މަސްދަޅުގެ އަގު ބޮޑުކޮށް، ފަހުން އަލުން އަގުހެޔޮކޮށްފައެވެ. މީގެ އިތުރުން، ދުނިޔޭގެ ހާލަތަށް ރިއާޔަތްކޮށް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެންމެ ފުރަތަމަ އިއުލާނުކުރި ކުންފުނިތަކުގެ ތެރޭގައި ވެސް މިފްކޯ ހިމެނެއެވެ.
ފަރުހަތު ޝަހީރަކީ މީގެ ކުރިން ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، އެމްއެންޑީއެފްގެ ވައިސް ޗީފްގެ މަގާމާއި، އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު އޭނާ ވަނީ މީގެކުރިން ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު