ރައީސް ނަޝީދު
ރައީސް ނަޝީދު
މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވުމާ ގުޅިގެން، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާޝާ ބޯސްލޭގެ ރީތި އަޑަކީ އެތައް ޖީލެއްގެ ހިތްތަކާ ކުޅެލި، ލޯތްބާއި ހިތާމައިގެ ޝުޢޫރުތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްދިން އަޑެއް ކަމަށެވެ. އަދި އެކަމަނާގެ އަޑުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ބަޔަކަށް އުފާވެރިކަން ގެނެސްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އާޝާ ބޯސްލޭ ވަކިވެދިއުމަކީ މިއުޒިކާއި ސަގާފީ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ވަރަށް ބޮޑު އުނިކަމެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރެއްވިއެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ އާޝާ ބޯސްލޭގެ އާއިލާއަށާއި އެކަމަނާއަށް ލޯބިކުރާ އެންމެހައި ފޭނުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކުރައްވަމުންނެވެ.



އުމުރުން 92 އަހަރުގައި އާޝާ ބޯސްލޭ ނިޔާވީ މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު