ނޫނު އަތޮޅުގައި ހިންގަމުން އަންނަ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ސޮނޭވާ ޖަރނީ މޯލްޑިވްސްގައި މިއަދު މެންދުރުފަހު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 2:06 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށްޓަކައި ފުލުހުންނާއި އެމްއެންޑީއެފްގެ ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ، އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި، ފުލުހުންގެ އިތުރުން ރިސޯޓުގެ މުވައްޒަފުން ގުޅިގެން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބާއި، މި ހާދިސާގައި ރިސޯޓަށް ލިބުނު ގެއްލުމުގެ ތަފުސީލެއްވެސް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން މިހާރު ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު