ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ ގޮތުން ހަމަލާދީ އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ގދ. އަތޮޅު މަދަރުސާގައި ހިނގި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 12 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:46 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އެ މަދަރުސާގައި މަސައްކަތްކުރާ އިންޑިއާގެ އަންހެން މުދައްރިސަކަށެވެ.
މި ހާދިސާގައި އަނިޔާވި މުދައްރިސަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ އެ ރަށު ހެލްތު ސެންޓަރުގައެވެ. ނަމަވެސް، ލިބިފައިވާ އަނިޔާތަކަށް އިތުރު ފަރުވާ ބޭނުންވާތީ، އޭނާ މިހާރު ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ.
ފުލުހުން ބުނީ، ކިޔަވައިދޭ މުދައްރިސަކަށް ދަރިވަރަކު ޖިސްމާނީ ހަމަލާދިން މި ސީރިއަސް މައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ވަރަށް ބޮޑަށް އިސްކަންދީގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު