މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުމާއި ބޯހިޔާވަހިކަން ހޯދައިދިނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ބިމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، ރާއްޖޭގައި މިއަދު ރައްޔިތުންނަށް ލިބެމުންދާ އިޖުތިމާއީ ގިނަ ހައްގުތަކަކީ އެމްޑީޕީން ތައާރަފުކުރި ހިދުމަތްތަކެއް ކަމަށެވެ. އެގޮތުން އެކަނިވެރި މައިންގެ އެހީ އާއި، ބޯހިޔާވަހިކަމަށް ފްލެޓް އެޅުމުގެ ސަގާފަތް ފެށީ އެމްޑީޕީންކަން އޭނާ ފާހަގަކުރެއްވި އެވެ.
އަދި އޭގެ ފަހުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލެ އާއި މާލެ ބްރިޖުން ގުޅުވާލައި، ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގިކަންވެސް އޭނާ ގަބޫލުކުރައްވަ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މިހާރު އޮތް ޕީއެންސީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އައްބާސް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ނިންމާފައިވާ 4،000 ފްލެޓް ބަހަމުންދަނީ އިންސާފުން ބޭރުން ކަމަށެވެ.
ފްލެޓްތައް ހައްގުވެރިންނަށް ލިބޭތޯ ސުވާލު އުފައްދަވަމުން އޭނާ ވިދާޅުވީ، އެއް އާއިލާއެއްގެ ދެމަފިރިންނަށާއި، މަންމަ އާއި ދަރިފުޅަށް ވެސް ފްލެޓް ދީފައިވާ ކަމަށެވެ.
މީގެ އިތުރުން، އަމިއްލަ ބިން އޮތް މީހުންނަށް ވެސް ފްލެޓް ދޫކޮށްފައިވާތީ، މި ސަރުކާރުން އަމަލުކުރަނީ ކުރީ ސަރުކާރަށް ވުރެ މާ ގޯސްކޮށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު