ރައީސް ސާލިހު
ރައީސް ސާލިހު
މި އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ސޯދިޤް (ސޯބެ) އަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ

ރައީސް ޞާލިޙް މިކަން ހާމަކުރެއްވީ އެމަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ސޯބެއަކީ ރާއްޖޭގެ ޑިމޮކްރަސީއާއި އިޞްލާޙީ މަސައްކަތުގައި އެމްޑީޕީގެ އިސް ސަފުގައި ޒަމާނުއްސުރެ ސާބިތުކަމާއެކު މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށެވެ.

އަދި އޭނާއަކީ ހިތަދޫއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އައްޑޫ ސިޓީގެ އަގުހުރި ދަރިއެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން، މި އިންތިޚާބުގައި ސޯބެއަށް އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވަމުން، އޭނާގެ މަސައްކަތްތަކަށް ރައީސް ޞާލިޙް ވަނީ ތައުރީފު ކުރައްވާފައެވެ. ސޯބެއަކީ އައްޑޫ ސިޓީގެ މޭޔަރުކަންވެސް ކުރައްވައި، އެ ސިޓީގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު