ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު އިއުލާންކޮށް، އެ މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށްފިއެވެ.
ފުލުހުން ބުނީ، އެ ވީޑިއޯއިން ފެންނަ މީހާއަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.
ނަމަވެސް، އެއީ ކާކުކަން މިހާތަނަށް ކުރި މަސައްކަތުން ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.
މީގެ އިތުރުން، މިފަދަ އެކި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފުލުހުން ކުރާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު