ހެލްްްތުު މިނިސްޓަރ އަމީން
ހެލްްްތުު މިނިސްޓަރ އަމީން
ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރަން ނިންމައިފިއެވެ.

ހެލްތް މިނިސްޓްރީން ނެރެފައިވާ ޤަރާރެއްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓަން ނިންމީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށެވެ. އެހެން ކަމުން 12 މާރޗް ގައި އިޢުލާނުކޮށްފައިވާ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަދި ވެސް ދެމިއޮތްކަން އެޤަރާރުން އަންގާފައި ވެއެވެ. ބަލީގެ ނުރައްކާ ކުޑަކޮށް ޢާއްމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށް ވެސް މި ޤަރާރުގައި ބުނެފައި ވެއެވެ.

އެހެންކަމުން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހެލްތް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން 12 މާރޗް 2020 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 30 އޭޕްރީލް 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާކަމަށް މި ޤަރާރުގައި ބުނެފައި ވެއެވެ.

އަދި ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ސޮއިކުރަށްވާ ނެރުއްވާފައިވާ ޤަރާރުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން