މަރްޔަމް ނަހްދާ ވަޙީދު   14 އޭޕްރީލު 2026 - 19:39
މިނިސްޓަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު-
މިނިސްޓަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު-
ކުރިން މިނިސްޓަރު ކަން ކުރައްވާފައި ނުވާ 4 ބޭފުޅަކު ހިމަނައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އައު ކެބިނެޓު އެކުލަވާލައިފިއެވެ.

އާ ކެބިނެޓު އެކުލަވާލާފައި މިވަނީ ރައީސް މުއިއްޒުގެ ކެބިނެޓުގެ 10 މިނިސްޓަރަކު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ގެނައުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. އަދި މިއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށްޓަކައި ރައީސް ގެންނެވި ބަދަލެއްކަން އެ އޮފީހުން ފާހަގަކުރެއެވެ.

އައު ކެބިނެޓަށް އައްޔަންކުރެއްވި ވަޒީރުން ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބާއްވާފައެވެ.

އަލަށް އެކުލަވާލި ކެބިނެޓުގެ ވަޒީރުންނާއި އެ ބޭފުޅުންގެ ވުޒާރާތައް:

- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސެސް: މޫސާ ޒަމީރު

- މިނިސްޓަރ އޮފް ހޯމްލޭންޑް، ސެކިއުރިޓީ، ލޭބާރ އެންޑް ޓެކްނޮލޮޖީ: އަލީ އިހުސާން

- މިނިސްޓަރ އޮފް ފޮރިން އެފެއާޒް: އިރުތިޝާމް އާދަމް

- މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔާރ އެޑިއުކޭޝަން، ސްކިލްސް ޑިވެލޮޕްމެންޓް: އިސްމާއިލް ޝަފީއު

- މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ: ގީލާ އަލީ

- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑު: މުހައްމަދު ސައީދު

- މިނިސްޓަރ އޮފް އިސްލާމިކް އެއެއާޒް އެންޑް އެންޑައުމެންޓް: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން: މުހައްމަދު އަމީން

- މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓް އަބްދުﷲ ރާފިއު

- މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު

- މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗާ ހައުސިން، އެންޑް އާބަން ޑިވެލޮޕްމެންޓް އަބްދުﷲ މުއްތަލިބު

- މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް އަލީ ޝަރީފް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް މިފަދަ ބޮޑު

ބަދަލެއް ގެނެސްފައި މިވަނީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހި، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު