މެލޭޝިއާގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހާ ރަނގަޅު ވެއްޖެ ކަމަށް އެޗްޕީއޭއިން މިރޭ ހާމަކޮށްފިއެވެ.
ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެޗްޕީއޭއިން މިހެން ބުނެފައިވާއިރު މެލޭޝިއާގައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވިކަން މެލޭޝިއާގައި ހުންނަ ދިވެހި ސަފީރުގެ އޮފީހަށް ވެސް އެނގުނީ އިއްޔެ އެ ޤައުމުގެ ހެލްތު މިނިސްޓްރީން އިޢުލާން ކުރި އެޤައުމުން ބަލި ޖެހުނު ބޭރު މީހުންގެ ލިސްޓުގައި ދިވެހިރާއްޖޭގެ މީހަކު މެލޭޝިއާއިން ބައްޔަށް ޕޮޒިޓިވް ވި ކަމަށް އޮތުމުންނެވެ.
މިރޭ މައުލޫމާތު ދެއްވަމުން ޑރ. ނަޒުލާ ވިދާޅުވީ މެލޭޝިއާއިން ބަލިޖެހުނު މީހާގެ މައުލޫމާތު އެނގިވަޑައިގަންނަވާ ކަމަށާއި އޭނާ މިހާރު ރަނގަޅު ވެގެން ހޮސްޕިޓަލުންވެސް ދޫކޮށްލާފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި މެލޭޝިއާއިން އައި މީހުންގެ ތެރޭގައި ޕޮޒިޓިވް ވި ދިވެހި މީހާއާއި ކޮންޓެކްޓްވި މީހަކު ހިމެނޭ ތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
ކޮރޯނާވައިރަހާއި ގުޅިގެން މެލޭޝިޔާގައި އިޢުލާން ކޮށްފައިވާ އާންމުކޮށް ހެލިފެލިވެ އުޅުން މަނާކުރުމުގެ ހާލަތު މިހާރުވަނީ މިމަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު